ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބޮޑު ނަތީޖާއަކުން އިންޑިއާ ބަލިކޮށްފި

ތައިލެންޑުގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެއިން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އިންޑިއާ ބަލިކޮށްފިއެވެ.

މި މެޗުގައި ރާއްޖޭގެ ފުރަތަމަ ލަނޑު ޖަހައިދިނީ މުހައްމަދު އިމްރާން (އިންމި) އެވެ. މި ލަނޑަކީ އަބްދުﷲ ޝާފިއު (ޝާއްޕެ) ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފު ނިމުނުއިރު ރާއްޖެ އޮތީ މި ލަނޑާއެކު ކުރީގައެވެ.

ދެވަނަ ހާފު ފެށިގެން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ރާއްޖޭން ވަނީ އިތުރު ދެ ލަނޑު ޖަހައި މެޗުގެ ކޮންޓްރޯލް މުޅިން ހޯދާފައެވެ. މި ލަނޑުތައް ކާމިޔާބުކޮށްދިނީ ޝާއްޕެ އާއި އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ. އަދި އޭގެ ފަހުން އިންމި ވަނީ އޭނާގެ ދެވަނަ ލަނޑާއެކު ރާއްޖޭގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. ރާއްޖޭގެ ފަހު ލަނޑު ޖެހީ އަހުމަދު ހަމީދު (އައްމަޑޭ) އެވެ.

ގައުމީ ފުޓްސަލް ޓީމަށް ލަނޑުތައް ޖަހައިދިން ޝާއްޕެ އާއި އައްމަޑޭ އަކީ ހދ. ނައިވާދޫ އަށް ނިސްބަތްވާ ދެ ކުޅުންތެރިންނެވެ. އަދި މި ޓީމުގެ ގޯލަށްކުޅޭ ނާޖިހް އަކީ ވެސް އެރަށަށަށް ނިސްބަތްވާ ކުޅުންތެރިއެކެވެ.

މި މުބާރާތުގައި ރާއްޖޭން މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ވަނީ މޮޅުވެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 7-1 އިން މޮޅުވިއިރު، ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވީ 6-1 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ ތާވަލުގެ އެއްވަނައިގައި ރާއްޖެ އޮތްއިރު، ކުރިއަށް ހުރި މެޗުތަކުގައި ރާއްޖެ ބައްދަލުކުރާނީ ނޭޕާލް، ބޫޓާން އަދި ސްރީލަންކާއާއެވެ. މިހާތަނަށް ދެއްކި މޮޅު ކުޅުމާއެކު ރާއްޖެއަކީ މުބާރާތުގެ ތަށި ހޯދުމުގެ އެންމެ ފޭވަރިޓް ޓީމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނިއުދިއްލީގެ މަސް މާރުކޭޓެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީ، ސަރުކާރުގެ ބަހެއް އަދިނެތް

ސާފް ޗެމްޕިއަން ފުޓްސަލް ޓީމަށް އެސްޓީއޯއިން ރަތްދޫލައިގެ މަރުހަބާއެއް

ޤައުމީ ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާދަމާރޭ، މަރުޙަބާ ކިއުމަށް ޚާއްސަ ހަރަކާތްތަކެއް

ރާއްޖެއަށް ތާރީީޚީ ދުވަހެއް، ސާފް ފުޓްސަލް މުބާރާތް ރާއްޖެއިން ކާމިޔާބުކޮށްފި