ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްކައުޓުގެ ކުރީގެ ޗީފް ކޮމިޝަނަރު މުޙައްމަދު ޚާލިދު (ބެން) ނިޔާވެއްޖެ

ރާއްޖޭގެ ސްކައުޓު ޚިދުމަތަށް ދިގުމުއްދަތެއް ވަންދެން ގިނަ ޚިދުމަތްތަކެއް ކުރެއްވި، ކުރީގެ ޗީފް ކޮމިޝަނަރު މުޙައްމަދު ޚާލިދު (ބެން) ނިޔާވެއްޖެއެވެ.

މުޙައްމަދު ޚާލިދު ނިޔާވީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އޭނާއަކީ ރާއްޖޭގެ ސްކައުޓް ހަރަކާތް ކުރިއެރުވުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްކައުޓް ތަޢާރަފްކޮށް ފުޅާކުރުމަށް ނުހަނު އިޚްލާޞްތެރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރުގެ މަޤާމުވެސް ފުރުއްވާގައިވާ މުޙައްމަދު ޚާލިދުއަކީ އެ އެސޯސިއޭޝަންގެ ޕަރމަނަންޓް މެންބަރެއްވެސް މެއެވެ. ޚާލިދު ވަނީ އޭނާގެ މުޅި ހަޔާތް ސްކައުޓް ހަރަކާތުގެ ތެރޭގައި ހޭދަކުރައްވައި، ގިނަ އަދަދެއްގެ ޒުވާނުންނާއި ކުޑަކުދިން ސްކައުޓުގެ ހަރަކާތުގެ ތެރެއިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

މުޙައްމަދު ޚާލިދު ނިޔާވުމާ ގުޅިގެން ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ އޭނާގެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ. އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޚާލިދަކީ ސްކައުޓް ހަރަކާތަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަދި އެ ޖަމްޢިއްޔާއަށް އޭނާގެ ވަކިވެދިއުމުން ފޫނުބެއްދޭނެ ވަރުގެ ބޮޑު ހުސްކަމެއް ލިބިފައިވާ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޭޝިއާ ޕެސިފިކް ރީޖަން ސްކައުޓް އެވޯޑް ކުރީގެ ޗީފް ކޮމިޝަނަރ އަލި މަނިކަށް