ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންތިހާބު އިންސާފުވެރިނުވާނެ ކަަމަށް ބުނެ އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރުމަތިލެއްވި އިކްރާމް ނަން ނަގައިފި

Izaam

އަދާލަތު ޕާޓީގެ ހަތަރުވަނަ ދައުރުގެ ރައީސަކަށް ކުރިމަތިލި އިކްރާމް އަބްދުއްސައްތާރު އިންތިހާބުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދެވުމަށްފަހު ނަން އަނބުރާ ގެންގޮސްފިއެވެ.

މިކަން ހާމަކުރުމުގެގޮތުން އިކްރާމްގެ ފަރާތުން ވަނީ ނޫސް ބަޔާނެއް ނެރެފަ އެވެ.

އިކްރާމްގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ނަން އަނބުރާ ގެންދަން ނިންމީ ދެފުށް ފެންނަ އަދުލު އިންސާފުގެ އުސޫލުތަކާއި ހިލާފަށް، ހުދުމުހްތާރު ނިޒާމަކަށް މަގުފަހިވާގޮތަށް ހަމަ ބުއްދީގެ މަގުން އެއްކިބާވެ، ކޮންމެ ގޮތެއް ހަދައިގެންވެސް އިންތިހާބުން ބޭނުންވާ ނަތީޖާއެއް ނެރެން ރާވާފައިވާތީ ކަމަށެވެ.

ނަން އަނބުރާ ގެންދަން އިކްރާމް ނިންމި މައިގަނޑު ސަބަބަކީ ވޯޓުފޮށި ބަހައްޓައިގެން، ޕާޓީގެ އާންމު މެންބަރުން ތާއީދުކުރާ ކެންޑިޑޭޓަކަށް ވޯޓުލުމުގެ ހައްގު ޕާޓީ މެންބަރުންނަށް ނުދިމުންނެވެ.

އަދާލަތު ޕާޓީން ނިންމާފައިވަނީ އިންތިހާބު އޮންލައިންކޮށް ބޭއްވުމަށެވެ. މިކަމާ އިކްރާމް ވަނީ ދެކޮޅު ހައްދަވާފައެވެ.

އިކްރާމް ވަނީ އޭނާ އަދާލަތުގެ ރައީސަކަށް ހޮވުމަށް ތާއީދުކުރި ހުރިހާ އެންމެންނަށާއި މަސައްކަތް ކޮށްދިން ހުރިހާ އެންމެންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Adhaalath party

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އަދާލަތު ޕާޓީން ތާއީދުކޮށްފި

66

އަދާލަތު ޕާޓީގެ ރައީސް ކަމަށް ޝައިޚް ޝިފާން އިންތިޚާބުވެއްޖެ

އަދާލަތު ޕާޓީގެ ވޯޓް ގަޑުބަޑު ކޮށްފާނެތީ އޮންލައިން ވޯޓިން ކެންސަލްކޮށްދޭން އެދިއްޖެ

އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލެއްވީ ޝިފާން އަދި އިކުރާމް