ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޅުދުއްފުށީ ޑަބްލިއުޑީސީގެ ފަރާތުން ހެދި ބީޗްހަޓްތަކާއި ޖޯލިތަކުގެ މަސައްކަތް ނިންމާލައިފި

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ ފަރާތުން ހަދަމުން އައި ބީޗްހަޓުތަކާއި ޖޯލިތަކުގެ މަސައްކަތް ނިންމާލައި، ހަޓްތައް ހުޅުވަން ތައްޔާރުވެފައިވާކަމަށް އެ ކޮމެޓީން ބުނެފިއެވެ.

ކުޅުދުއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން މިއަދު ބުނީ އެ ފަރާތުން ތަރައްޤީކުރެވިފައިވާ ހަޓްތަކާއި ޖޯލިތައް މިހާރު ނިމިފާވާކަމަށެވެ. އަދި ހަޓްތައް ހުޅުވުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

މީގެ އިތުރުން ހަޓް ސަރަހައްދުގެ އިތުރުން ރަށުގެ އެކި ސަރަހައްދުތަކުގައި އެ ކޮމެޓީގެ ފަރާތުން ޖޯލި ބަހައްޓާފައިވާނެކަމަށް ވެސް އެ ކޮމެޓީން ބުންޏެވެ.

އެ ކޮމެޓީން ވަނީ މިދިޔަ އަހަރުވެސް ސިޓީގެ އެކި ހިސާބުގައި ޖޯލިތައް ބެހެއްޓުމުގެ މަސައްކަތްކޮށްފައެވެ. އެއިރު އެ ކޮމެޓީން ބުނީ ކުޅުދުއްފުށި ސިޓީގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބެހެއްޓުމުގެ މަޤުސަދަކީ، ރަށުގެ ރައްޔިތުން އިށީނދެ ހިތްހަމަ ޖައްސާލާ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށާއި، ދޭދޭ ފަރުދުންގެ މެދުގައި ގުޅުންބަދަހި ކުރުމުގެ ބޭނުމުގައި ކަމަށެވެ.

ކުޅުދުއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އެ ސިޓީގެ އެއާޕޯޓު ބީޗު ސަރަހައްދުގައި ބީޗްހަޓްތައް ހެދުމުގެ މަސައްކަތްކޮށްފައި ވަނީ “ސިޓީ ގަރާޖު” އާއި ހަވާލުކޮށްގެންނެވެ.

ރައްޔިތުންނަށް ފައިދާވާ މިފަދަ އިޖުތިމާޢީ ހަރަކާތްތަކުގެ ދަށުން، އެ ކޮމިޓީގެ މެންބަރުންގެ އަމާޒަކީ ސިޓީގައި ރައްޔިތުން ހިތްހަމަޖެހޭނެ މާހައުލުތައް ޤާއިމްކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުޅުދުއްފުށީގައި އިމިގްރޭޝަންގެ ރީޖަނަލް އޮފީހެއް ހުޅުވައިފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

778

ކުޅުދުއްފުށީ ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމް އެޅުމަށް ހަވާލުކޮށްފި

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާގެ ބަންދަށް 7 ދުވަސް ޖަހައިފި