ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްޕެއިންގައި ހިނގި ޓްރެއިން އެކްސިޑެންޓާއި ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ސްޕެއިންގައި ހިނގި ހައި ސްޕީޑް ޓްރެއިން އެކްސިޑެންޓާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެޤައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ޕޭރެޒް ކަސްތެހޯންއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެތައް ފުރާނައެއް ގެއްލި، ގިނަ ބަޔަކު ޒަޚަމްވި މި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ހާމަކުރައްވައި، ސްޕެއިން ސަރުކާރަށާ، ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ތަޢުޒިޔާ ވިދާޅުވެފައި ވެއެވެ.

އަދި މި ހާދިސާގައި، ނިޔާވި ފަރާތްތަކުގެ ޢާއިލާތަކަށް ތަޢުޒިޔާވިދާޅުވެ، ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ޙާދިޘާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި، ކުރެވެމުންދާ މަސައްކަތްތައް ކާމިޔާބުވުމަށް ވެސް، އެދިވަޑައިގެންފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް

ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ދެއްވި ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގެންފި