ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑެންގީ ހުން އިތުރުވާތީ ސަމާލުވާން އައިޖީއެމްއެޗުން އިލްތިމާސްކޮށްފި

Adheel

މި ދުވަސްވަރު މާލޭގައި ޑެންގީ ހުމާއި ބޭރަށް ހިންގުމާއި އަރިދަފުސް ރޯގާ އިތުރުވާތީ، އެ ކަމަށް ސަމާލުވާން އައިޖީއެމްއެޗުން މިއަދު އިލްތިމާސްކޮށްފިއެވެ.

ހުމާއި އަރިދަފުސް ރޯގާ އިތުރުވާތީ އެ ހޮސްޕިޓަލުގައި މިހާރު ވަނީ ފްލޫ ކްލިނިކެއް ވެސް ގާއިމުކޮށްފައެވެ.

އެ ހޮސްޕިޓަލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ހޮސްޕިޓަލަށް ދައްކަން އަންނަ ބަލިމީހުންގެ ކިބައިން ޑެންގީ ހުމާއި، ބޭރަށް ހިންގުން އަދި އަރިދަފުސް ރޯގާ ފެންނަ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ. އެހެންވެ، އެ ކަމަށް ސަމާލުވާން އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.

އެ ގޮތުން، ރޯގާގެ އަލާމާތެއް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ދާއިރު މާސްކް އަޅަން އެ ހޮސްޕިޓަލުން ވަނީ އިރުޝާދު ދީފައެވެ. އަދި، އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނާއި މާބަނޑު މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުން މި ބަލިތަކަށް އިތުރަށް ސަމާލުވާން ވަނީ އެދިފައެވެ.

މީގެ އިތުރުން، ސާފުތާހިރުކަމަށް އިސްކަންދީ، ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުމަށާއި ހޭންޑް ސެނިޓައިޒާ ބޭނުންކުރަން ހޮސްޕިޓަލުން ވަނީ އެދިފައެވެ. އަދި، މަދިރި އުފެދޭހެން ހުންނަ ތަންތަން ނައްތާލުމަށާއި ކޮންމެހެން ބޭނުން އަންނަންޖެހިގެން ނޫން ގޮތަކަށް ހޮސްޕިޓަލަށް ޒިޔާރަތްނުކުރާން ވަނީ ލަފާ ދީފައެވެ.

އައިޖީއެމްއެޗްގައި އިއްޔެ ގާއިމުކުރި ފްލޫ ކްލިނިކުން މިހާރު ޑޮކްޓަރަށް ދެއްކުމާއި ސާމްޕަލް ނެގުމުގެ ޚިދުމަތް ލިބޭނެއެވެ. އެ ޚިދުމަތްތައް ލިބެނީ ކޮންމެ ދުވަހަކު ހެނދުނު، 10:00 އިން 22:00 އަށެވެ.

އައިޖީއެމްއެޗުން ބުނި ގޮތުގައި ފްލޫ ކްލިނިކުގެ ޚިދުމަތްތައް ލިބޭނީ އެ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް ދިހައަކުންނެވެ. އެ ކުލިނިކުން ޚިދުމަތް ހޯދުމަށް ފުރަތަމަ ޖެހެނީ އައިޖީއެމްއެޗުގެ އީއާރު ޓްރައިޖަށް ދާށެވެ. މި ގޮތުން، ކިއުބީ ޓޯކެން ސިިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަންބަރެއް ނެގުމުން ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިޔުމަށް ޓްރައޭޖްއިން އިރުޝާދު ދޭނެކަން އައިޖީއެމްއެޗުން ފާހަގަކުރިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޑިސެންބަރު މަހު ރާއްޖޭން ޑެންގީ ޖެހިގެން 413 ކޭސް ރިޕޯޓް ކޮށްފައިވެ އެވެ. މިދިޔަ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު ރިޕޯޓް ކޮށްފައިވަނީ އެ ބަލީގެ އެންމެ 70 ކޭހެވެ. އެހެންކަމުން މިއީ 490 ޕަސެންޓް އިތުރުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

އައިޖީއެމްއެޗަށް “އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން” ތަޢާރަފުކޮށްފި

778

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

Mm

ދީނީ އިލްމުވެރިޔާ އަޒީބެ އަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ

Igmh

ރޯގާއަށް ޚާއްސަ ފްލޫ ކްލިނިކެއް ގާއިމުކޮށް އައިޖީއެމްއެޗުގައި ޚިދުމަތް ދޭން ފަށައިފި