ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ކަމަށް ހަސަން ޝާކިރު

Mm

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ކަމަށް ހަސަން ޝާކިރު މުޙައްމަދު ހޮވިވަޑައިގެންފިއެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ކަމުގެ މަގާމަށް ޝާކިރު ހޮވިވަޑައިގަތީ، އެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް މިދިޔަ މަހު 31 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުން އެ މަގާމަށް އާ ބޭފުޅަކު ހޮވުމަށް ކުރިއަށްގެންދިޔަ މަރުހަލާއަށްފަހުގައެވެ.

ޝާކިރަކީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު 2022 ވަނަ އަހަރު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

މިހާތަނަށް އަށް ފޮތެއް ޝާކިރު ލިޔުއްވާފައިވެއެވެ. އެ ދާއިރާއިން 1998 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އޭނާއަށް ވަނީ، ލިބިވަޑައިގެންފައެވެ. އޭގެއިތުރަށް، 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ދިވެހި ބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޅެންވެރިކަމުގެ ކޯސްތައް ހިންގެވުމާއި އަދަބީ މަސައްކަތްކުރާ މީހުންނަށް އެހީވުމުގެ އިތުރުން އަދަބީ މުބާރާތްތަކުގައި އޭނާ ވަނީ ފަނޑިޔާރުކަން ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު