ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަމައެކަނި ވާދަކުރާނީ މާމިގިއްޔަށް، އެހެން ދާއިރާތަކަށް ތާއީދުކުރާނީ ކޮންގުރެސްއަށް: ޖުމްހޫރީ ޕާޓީ

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި އިންތިހާބުކުރާ ގޮނޑިތަކުގެ ތެރެއިން މާމިގިލީ ގޮނޑިތަކަށް އެކަނި ކެންޑިޑޭޓުން ނެރުމަށާއި، ބާކީ ހުރި ހުރިހާ ދާއިރާއެއްގައި ވެރިކަންކުރާ ކޮންގުރެސް ޕާޓީއަށް ތާއީދުކުރުމަށް ޖުމްހޫރީ ޕާޓީން ނިންމައިފިއެވެ.

ޖޭޕީ ކައުންސިލުގެ ބައްދަލުވުމެއް މިއަދު ބޭއްވިއިރު، އެ ބައްދަލުވުމުގައި ކައުންސިލުގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ އެ ޕާޓީން އޭޕްރީލު ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބުގައި ވާދަކުރާނީ މާމިގިލީ ދާއިރާގެ ގޮނޑިތަކަށް ކަމަށެވެ. އެ ދާއިރާގެ ކައުންސިލަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތަކަށް އެ ޕާޓީން ކެނޑިޑޭޓުން ނެރުމަށް ނިންމާފައިވެއެވެ.

މާމިގިލި ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއެއްގައި ޖޭޕީން ތާއީދުކުރަން ނިންމާފައިވަނީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސްއަށެވެ. އަދި އެ ޕާޓީއާ ގުޅިގެން އެހެން ދާއިރާތަކުގައި މަސައްކަަތްކުރުމަށްވެސް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ފާސްކުރިއެވެ.

ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ގާސިމް އިބްރާހީމް ރިޔާސަަތު ބެލެހެއްޓެވި ބައްދަލުވުމުގައި އެ ޕާޓީގެ ކައުންސިލުގެ އަޣުލަބިއްޔަތު މެންބަރުންވަނީ ކޮންގުރެެސް ޕާޓީއަށް ތާާއީދުކޮށް އެ ޕާޓީއާއެކު މަސައްކަތްކުރުމަށް އެއްބަސްވެފައެވެ.

ކައުންސިލު އިންތިހާބުގައި ކޮންގުރެސް ޕާޓީގެ އިތުރަށް އިދިކޮޅު މައި ޕާޓީކަމުގައިވާ އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅައި ނިންމާފައިވާއިރު، ދި ޑިމޮކްރެޓްސްއިންވެސްވަނީ އެ ޕާޓީގެ ޓިކެޓުގައި ލޯކަލް ކައުންސިލު އިންތިހާބުގައި ވާދަކުރަން ފުރުސަތު ހުޅުވާލާފައެވެ.

އަންނަ އެޕްރީލު މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބު އޮންނާނީ އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 16:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

qasim ibrahim

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ފައިދާބޮޑީ ހުރިހާގޮތަކުންވެސް ރައްޔިތުންނަށް: ގާސިމް

Gasim ibrahim

ގައުމުގެ މަސްލަހަތަށްޓަކައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ: ގާސިމް

B 202510071109191759817359.0916

މާމިގިލީ ހޮސްޕިޓަލު އިމާރާތުގެ މަސައްކަތް ފަށައިފި

މާމިގިލީގައި އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމުކުރަނީ