ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭރު ޤައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓައިޕަންޑް މުރާޖަޢާ ކުރަނީ

2

ބޭރު ޤައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓައިޕަންޑް މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޑރ. ހައިދަރު މިހެން ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ތައްޔާރުކޮށް ގެނެސްދޭ ތަރުޖަމާނު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ބޭރު ޤައުމުތަކުގައި މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް ފައިސާ ދޫކުރުމުގެ ކަންކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވީ، އެ މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމުތަކަށް ފައިސާ ދޫކުރުމުގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގެ 2 މަސް ދުވަސް ކުރިން ފަށާ ކަމަށެވެ.

އެގޮތުން އެ މުއްދަތަށް ފައިސާ ދިނުމުގައި މިނިސްޓްރީއިން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”ބައެއް ފަހަރު ފައިސާ ނުލިބޭ ކަމުގެ ޝަކުވާ އަންނަނީ ވުޒާރާގެ ފަރާތުން ބަލަންޖެހޭ ކަންކަށް ބެލުމަށް ވަގުތު ހޭދަވާތީ“ އެވެ.

މިނިސްޓަރު ވިދާޅުވީ ދުރާލާ ލިޔުންތައް ހޯދައި، މިނިސްޓްރީއާ ޙިއްސާކުރުމުން މިފަދަ މައްސަލަތައް ޙައްލުކޮށް އަވަހަށް ފައިސާ ދޫކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

މީގެ އިތުރުން މިހާރު އުސޫލުގައި ކަމެއް ކަނޑައެޅިފައި އޮންނަ ކަމުގައި ވާނަމަ ދެ ކަމެއް ޔަޤީން ކުރާ ކަން ހާމަކޮށް މިނިސްޓަރު ވިދާޅުވީ ކިޔަވަން ދޭތޯ ބެލުމާއި ކުއްޖާ ދޭ މައުލޫމާތު ކަށަވަރު ކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

students university

ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު މުޅި އަހަރަށް ހުޅުވާލަނީ

451652 6d6c190a 2

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރާ މިނިސްޓަރު ހައިދަރު ބައްދަލުކުރައްވައިފި

117

ނޭޝަނަލް ކެރިއާ ސާވިސްގެ އައްޑޫ ގޮފި ރަސްމީކޮށް ހުޅުވައިފި

minister haidar

އައިޔޫއެމްއަކީ އުނގެނުމާއި ދިރާސާކުރުމާއި ތަހުލީލުކުރުމުގައި ފަޚުރުވެރިވާ ޢިލްމީ މުއައްސަސާއެއް: ޑރ. ޙައިދަރު