ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލާއި ދެކޮޅަށް ދަޢުވާކޮށްދޭން އިދާރާތަކަށް ހުށައަޅައިފިން: ޝިއުނާ

ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދުގެ މައްޗަށް ދައުވާކޮށްދޭން އެދި ކަމާގުޅޭ އިދާރާތަކަށް ހުށައަޅާފައިވާ ކަމަށް ޔޫތު މިނިސްޓްރީގެ ކުރީގެ ނާއިބު، މަރިޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.
ޝިއުނާ ވިދާޅުވި ގޮތުގައި ޖަމީލްގެ މައްޗަށް ދައުވާ ކޮށްދޭން އެދިފައިވަނީ އޭނާއަށް ފުރައްސާރަކޮށް ޙިޖާބު ވުމުގެ ކުރީގެ ފޮޓޯތަައް ޢާންމުކުރަމުންދާތީ އެވެ.

އެ މައްސަލާގައި ޖަމީލްގެ މައްޗަށް ދަޢުވާ ކޮށްދޭންށާއި ޙައްޤުތައް ހޯދުމަށް ކަމާބެހޭ އިދާރާތަކަށް ހުށައަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރާ އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އަށް ވަނީ މައްސަލަ ހުށައަޅާފަ އެވެ.

ޙިޖާބުވުމުގެ ކުރީގެ ފޮޓޯތަކެއް އާންމުކޮށް މިހާރު މޫނުބުރުގާ ވެސް އަޅާފައިވާ މީހެއްގެ ޙައްޤުތަކަށް އަރައިގަތުމުން ވަރަށް ގިނަ ބަޔަކު ވަނީ ޖަމީލަށް ފާޑު ކިޔާފަ އެވެ. ރައިޓްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވެސް ވަނީ އެކަން ކުށްވެރި ކޮށްފަ އެވެ. އަދި ކަމާބެހޭ އިދާރާތަކުން މައްސަލަ ބަލައިދޭން އެދިފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

a ahmed mauroof
Aeves meehakah oiy haqehnoo Anekaa ah furasaarakoh adahuthuru kiumakee, kithahme jaaha Masha bodakas.

ގުޅުންހުރި

ދަޢުވާއަށް ރަޢުދު އަޙްމަދު އިޢުތިރާފު ވެއްޖެ