ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕިކްނިކް އައިލެންޑް ޤާއިމުކުރުމަށް ރަށްތައް ތަރައްޤީކުރުމުގެ މަޝްރޫޢަށް ބޭނުންވާ ކޮންސަލްޓެންސީގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެއަތޮޅެއްގެ ރައްޔިތުން ދަތުރުދާނެ ރަށެއް ތަރައްޤީކުރުމަށް ނިންމަވާ އެކަން ޢިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރު އއ.މަތިވެރި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެފަދަ ޕިކްނިކް އައިލެންޑްތަކެއް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެކަމަށް ބޭނުންވާ ދިރާސާތައް ކުރާނެކަމަށް އޭރު އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން މިހާރުވަނީ ޕިކްނިކް އައިލެންޑް ތަރައްގީކުރުމުގެ މަޝްރޫއަށް ބޭނުންވާ ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައެވެ.
ބީލަން ހުށަހެޅުމަށްޓަކައި މިމަހުގެ 21 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން އީޕޯޓަލް މެދުވެރިކޮށް ރަޖިސްޓާވާންޖެހެއެވެ. އަދި 25 ޖެނުއަރީ ވަ އާދިއްތަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށްވަނީ އެދިފައެވެ. އަދި މިމަޝްރޫޢަށް ބޭނުންވާ އަންދާސީ ހިސާބު ހުށައެޅުމުން ފުރުސަތު 28 ޖެނުއަރީވާ ބުދަދުވަހުގެ ހެނދުނު 10 ޖެހުމާ ހަމައަށް އެފުރުސަތު އޮންނާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ހިޔާލު