ކުއްލި ޚަބަރު

ރައީސް ޑޯޕިންގ އެޖެންސީ އުފައްދަވައިފި

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ސިވިލް ކޯޓުގައި ގާއިމުކުރި ކޭސް މެނޭޖްމަންޓް ސިސްޓަމް އިފްތިތާހުކޮށްފި

ގިނަ މައްސަލަތަކެއް ބަލަމުން އަންނަ ސިވިލް ކޯޓުގައި ޤާއިމުކުރި އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

ޝަރުޢީ ދާއިރާގެ މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން، ސިވިލް ކޯޓުގައި ގާއިމުކުރި ޒަމާނީ ކޭސް މެނޭޖްމަންޓް ސިސްޓަމް އިފްތިތާޙްކޮށްދެއްވީ ސިވިލް ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަލްއުސްތާޛް ޙުސްނީ މުބާރިކް އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިވިލް ކޯޓުގެ އިސްގާޟީ އަލްއުސްތާޛާ މަރްޔަމް ވަހީދު ވިދާޅުވީ، ޒަމާނީ ސިސްޓަމެއް ނެތުމުގެ ސަބަބުން މައްސަލަތަކުގެ އިދާރީ ހުރިހާ ކަމެއް މީގެކުރިން ބަލަހައްޓަމުން ގެންދިޔައީ ‘މެނުއަލް’ ކޮށް ކަމަށެވެ. އަދި، ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތައް އިތުރުވާއިރު ‘މެނުއަލް’ ކޮށް އެމައްސަލަތައް ބެލެހެއްޓުމަކީ ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއްކަން އިސްގާޟީ ފާހަގަކުރެއްވިއެވެ.

އިސްގާޟީ މަރްޔަމް ވަހީދާ ވަހީދު އިތުރަށް ވިދާޅުވީ، އަލަށް ގާއިމުކުރެވުނު ސިސްޓަމާއެކު މަސައްކަތް އަވަސްވެ، މީގެކުރިން ކުރަމުން މަސައްކަތް ކުރަމުން އައި ގޮތް ‘އޮޓަމޭޓް’ ކުރެވިގެންދާނެ ކަމަށެވެ. އަދި، މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމާއެކު އެއްތަނަކުން މަޢުލޫމާތު ލިބި، މަޢުލޫމާތު ހޯދުމުގައި ވެސް ފަސޭހަވެގެންދާނެކަމަށް އިސްގާޟީ ވިދާޅުވިއެވެ.

ސިވިލް ކޯޓުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 6،718 މައްސަލަ ވަނީ ނިންމައިފައެވެ. އޭގެ ކުރީ އަހަރު އެ ކޯޓުން ނިންމީ 5،432 މައްސަލަ އެވެ.

މިދޔަ އަހަރު ސިވިލް ކޯޓަށް 5،680 މައްސަލަ ހުށަހެޅުނު ކަމަށް ވެސް ތަފާސްހިސާބުގައި ބުނެފައިވެއެވެ. އެއީ ކުރީ އަހަރާ އަޅާބަލާއިރު 10.46 އިންސައްތަ އިތުރު އަދަދެކެވެ. މައްސަލަ ހުށަހެޅޭ ނިސްބަތް އިތުރުވެފައިވާއިރު، އާ ކޭސް މެނޭޖްމަންޓް ސިސްޓަމާ އެކު، އެ ކޯޓުގެ އިދާރީ ހިންގުން ހަރުދަނާވެ، މިއަހަރު ނިންމާ މައްސަލަތަކުގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑެވެ.

މީގެކުރިން މިފަދަ ސިސްޓަމެއްގެ ޚިދުމަތް ފެށި ކޯޓަކީ ކްރިމިނަލް ކޯޓެވެ. އެ ކޯޓުގައި އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓުގެ ޚިދުމަޔް ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

justice building

މިދިޔަ އަހަރު ސިވިލް ކޯޓުގައި 5680 މައްސަލަ ރަޖިސްޓްރީކޮށްފައިވޭ

B irv3lfa0yctrtnenqr755ih7t

ހައިކޯޓުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރަކަށް ފަނޑިޔާރު ޝަފީއު

ali ashfaq

ދަރަނީގެ ފައިސާ ދެއްކުމަށް އަޝްފާގަށް ހުކުމްކޮށްފި

ކްރިމިނަލް ކޯޓުގެ ޤާޟީ ފާއިޒު ރަޝާދު މަޤާމުން ވަކިކުރެއްވުމުގެ މައްސަލަ ކޮމިޓީއަށް

TTH_advertisement