ކުއްލި ޚަބަރު

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

އީފާސްގެ އައު ވަރޝަނެއް ތާއާރަފްކުރަނީ، ދެލައްކައަށްވުރެ ގިނަ މީހުން އީފާސް ބޭނުންކުރޭ

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ހާސިލްކުުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބޮޑު އަޕްގްރޭޑަކާއެކު އީފާސްގެ އައު ވާރޝަންއެއް މިއަހަރުގެ މެދުތެރޭގައި ނެރެވިގެންދާނެ ކަަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ، ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ހާސިލްކުުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އީފާސްއަށް ގެނައުމަށް ނިންމާފައިވާ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

އީފަސްއަކީ ޔޫސާ ޕްރެންޑްލީ އެޕްލިކޭޝަނެއް ނޫން ކަމަށް އާންމުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން އީފާސް ހުޅުވާލާކޮންމެ ފަހަރަކު ލޮގިންވުމަށާއި، އިފާސް މެދުވެރިކޮށް ޚިދުމަތްތަކަށް އެޕްލައިކުރުމަށް އުނދަގޫތަކާ ކުރިމަތިލާންޖެހޭކަމީ އާންމުންގެ ފަރާތުން ވަރަށް ގިނައިން އިވެމުންދާ ޝަކުވާއެކެވެ.

މިކަމަށް އިޝާރާތްކޮށް ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ، އީފާސް ބޭނުންކުރާތާ މިހާރު ގިނަ ދުވަސްތަކެއް ވެފައިވާއިރު، މިހާތަނަށް އައު ވަރޝަންއެއް ނެރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުންދާ އެއް މަސައްކަތަކީ އީފާސްގެ ދެވަނަ ވަރޝަން ނެރުން ކަމަށާއި، އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އީފާސް ބޭނުންކުރުމުގައި އާންމުންގެ ގިނަ ޝަކުވާތަކެއް ހުރިކަން ފާހަގަކުރައްވަމުން ޑރ. ކިނާނަތު ވިދާޅުވީ، އައު ވަރޝަން ފަރުމާކުރަނީ ވަރަށް އެޑްވާންސް ފީޗަރސްތަކަކާއެކު ކަމަށެވެ. ޚާއްޞަކޮށް، އީފާސް ހުޅުވާލާ ކޮންމެ ފަހަރަކު ލޮގިންވާންޖެހުމާއި، ޚިދުމަތްތަކަށް އެޕްލައިކުރުމުގައި ދިމާވާ ދަތިތަކަށް މި އައު ވަރޝަންއާއެކު ހައްލެއް ލިބިގެންދާނެ ކަމަށް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު 2,000,000އަށްވުރެ ގިނަ ފަރާތްތަކުން އީފާސް ބޭނުންކުރަމުންދާކަން ސްޓޭޓް މިނިސްޓަރ ހާމަކުރެއްވިއެވެ.

“ވަރަށް ގިނަ ބޭފުޅުން އީފާސް ބޭނުންކުރައްވާ. މިހާރު އަޅުގަނޑުމެންގެ ސްޓެޓިސްޓިކްސް ދައްކާގޮތުން 2،072،000އަށްވުރެ ގިނަ ފަރާތްތަކުން ދަނީ އީފާސް ބޭނުންކުރަމުން. މި ޔޫޒާސްތަކުގެ ތެރޭގައި 10 އަހަރުން ދަށުގެ ކުދިން ނުހިމެނޭ. އެހެންނަަމަވެސް އިފާސްގެ ދެވަނަ ވާރޝަންގަ އަޅުގަނޑުމެން 10 އަހަރުން ދަށުގެ ކުޑަކުދިންގެ ބެލެނިވެރިންނަށް ވަދެވޭގޮތަށް މި ފަރުމާކުރަނީ. އަޅުގަނޑުމެން ބޭނުންވަނީ އީފާސްބޭނުންކުރާ މީހުން އިތުުރުވުން.” ސްޓޭޓް މިިނިސްޓަރ ޑޮކްޓަރ މުޙައްމަދު ކިނާނަތު ވިދާޅުވިއެވެ.

މި އައު ބަދަލާއެކު އީފާސް ބޭނުންކުރާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ޑރ. ކިނާނަތު ވިދާޅުވިއެވެ. އަދި މިއަހަރުގެ މެދުތެރޭގައި ނެރޭ ވަރޝަން 2 ގެ އިތުރުން، ކުރިއަށް އޮތް ތަނުގައިވެސް ތަފާތު ފީޗަރސްތަކާއެކު އިތުރު ވަރޝަންތައް ނެރެމުންދާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިިނިސްޓަރ ޑޮކްޓަރ މުޙައްމަދު ކިނާނަތު ވިދާޅުވިއެވެ.

އީފާސްއަކީ 2012 ވަނަ އަހަރުން ފެށިގެން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީން ތަރައްގީކޮށް ބަލަހައްޓަމުން އަންނަ ނިޒާމެކެވެ. މިއީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން އޮންލައިންކޮށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރަމުން އަންނަ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެވެ.

2012ވަނަ އަހަރު ބޭނުންކުރަންފެށި މި ޚިދުމަތަށް 13 އަހަރު މިވަނީ ވެފައެވެ. އީފާސް އެޕްލިކޭޝަން އެކުލަވާލާ ބޭނުންކުރަމުން އަންނައިރު، ޚިދުމަތް ލުއިފަސޭހަކުރުމަށް އެޕްލިކޭޝަނަށް އަންނަނީ ބަދަލު ގެންނަމުންނެވެ. އެގޮތުން މިހާރު ލިބޭ ޚިދުމަތްތައް އަޕްގްރޭޑްކުރުމާއި، އިތުރު ޚިދުމަތްތަކާއި ފީޗަރސްތައް އީފާސްގެ ތެރެއިން ލިބޭނެ ގޮތް ހެދުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

uk

އިނގިރޭސިވިލާތުގައި ހުކުމްކުރި މީހާއަށް ދިވެހި ޕާސްޕޯޓު ދޫކޮށްފައެއް ނުވޭ: މިނިސްޓްރީ

ކިނ

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް އީ-ފާހުގައި ރަޖިސްޓްރީވެއްޖެ

Kkkkksuuusls

އީފާސް މެދުވެރިކޮށް ކުށުގެ ރިކޯޑު ސާފުކޮށްދޭން ނިންމައިފި

“ހޯޕް އައިލެންޑް” ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަނީ

TTH_advertisement