ގދ. ވާދޫގެ ފަރު މައްޗަށް ކޮޅުވެއްޓިއެއް އަރައި، ފަރަށް ގެއްލުންވެއްޖެއެވެ.
ވާދޫ ކައުންސިލުގެ ރައީސް ހަސަން އަބްދުالله ވިދާޅުވީ، ރޭ ފަރަށް އެރި އެ ކޮޅުވެއްޓި މިހާރު ފުންކުރަމުން އަންނަކަމަށެވެ. އެކަމަކީ ބަލަންވާރަވަށް ނުލެބެލުމުގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ކައުންސިލުން ހުށަހަޅާނެ ކަމަށެވެ.
މީގެކުރިން ވެސް އެކި ސަރަހައްދުތަކުގައި މިފަދަ ހާދިސާތަކެއް ވަނީ ހިނގާފައެވެ. އެފަދަ ހާދިސާތަކުގައި ފިޔަވަޅެއްގެ ގޮތުން ބޮޑު އަދަދަކުން ފަރަށް އެރި އުޅަނދުތަކުގެ ވެރިފަރާތް ޖޫރިމަނާ ވެސް ކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު