ކުއްލި ޚަބަރު

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ފެހެންދޫގައި ސޯލާ ހައިބްރިޑް ނިޒާމެއް ގާއިމުކުރަނީ

Mm

ބ. ފެހެންދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ތިމާވެށްޓާ ރައްޓެހި ހަކަތައަށް ބަދަލުވުމަށްޓަކައި އެ ރަށުގައި ސޯލާ-ޑީސަލް-ބެޓަރީ ހައިބްރިޑް ޕަވަރ ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދަށުން ފެހެންދޫގައި 250 ކިލޯވޮޓް ޕީކްގެ ސޯލާ ފޮޓޯވޮލްޓައިކް ނިޒާމަކާއި، 537 ކިލޯވޮޓް އަވަރގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް އިންސްޓޯލް ކުރެވޭނެ ކަމަށާއި، މި ނިޒާމުގެ މައިގަނޑު މަގްސަދަކީ ރަށުގެ ކަރަންޓު ވިއުގަ ހަރުދަނާކޮށް، ކަރަންޓު އުފެއްދުމަށް ޑީސަލަށް ބަރާސާވާ މިންވަރު ކުޑަކުރުން ކަމުގައިވެސް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ މި ނިޒާމު އަމަލީ ގޮތުން ބޭނުންކުރަން ފެށުމާއެކު، ފެހެންދޫގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލްގެ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމަށެވެ.

އެގޮތުން ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ބަދަލާއެކު އަހަރަކު ގާތްގަނޑަކަށް 117,697 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށާއި، މީގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން އަހަރަކު 288 ޓަނުގެ އެމިޝަން މަދުކުރެވިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފެހެންދޫ ސޯލާ ޑީސަލް ހައިބްރިޑް ނިޒާމުން އަހަރަކު 117،697 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ

B 202508120539271755002367.1003

ފެހެންދޫ ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ އަޅައިފި 

Dsc 5522

ފެހެންދުއަށް ޓީޗަރުން ހޯދައިދޭނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި 

TTH_advertisement