ކުއްލި ޚަބަރު

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ބަންގްލަދޭޝްއިން ވަގުތީ ގޮތުން ދިވެހީންނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމި ނިންމުން އަނބުރާ ގެނެސްފި

Mm
އަވަށްޓެރި ބަންގްލަދޭޝްއިން ވަގުތީ ގޮތުން ދިވެހީންނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމި ނިންމުން އަނބުރާ ގެންގޮސްފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން، މާދަމާއިން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް، އެ ގައުމަށް ދަތުރުކުރާ އެންމެހައި ފަރާތްތަކަށް އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް އެގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މި މުއްދަތުގެ ތެރޭގައި ބަންގްލަދޭޝްއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހި ރައްޔިތުން، ދަތުރުގެ ކުރިން ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބޭނުންވާ ވިސާ ނެގުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

އެކަމަކު، ފޮރިން މިނިސްޓްރީން މިއަދު ވަނީ ބަންގްލަދޭޝްގެ ނިންމުން ބަދަލުކޮށްފައިވާ ކަމަށް ބުނެފަ އެވެ.

އެ ނިންމުން ބަދަލުކޮށްފައިވާތީ ފޮރިން މިނިސްޓްރީން މިއަދު ބުނީ ބަންގްލަދޭޝްގެ ސަރުކާރުގެ އެ ނިންމުން މިހާރު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އެެހެންވެ، ކުރިއެކޭ ވެސް އެއްގޮތަށް އެ ގައުމަށް ދާ ދިވެހިންނަށް އޮން-އެރައިވަލް ވިސާ ލިބޭނެ ކަމަށް ބުނެފައިވެ އެވެ.

ބަންގްލަދޭޝަށް ދާ ދިވެހިންނަށް 90 ދުވަހާ ހަމައަށް އޮން-އެރައިވަލް ވިސާ ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Bangladesh Immigration

ބަންގްލަދޭޝުން އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފި

މޯލްޑިވިއަނުން ޑާކާއަށް އަލުން ދަތުރުތައް ފެށުމަށް ނިންމައިފި

Image 20

ޚާލިދާ ޒިޔާގެ ޖަނާޒާގައި ރައީސްގެ ޚާއްޞަ މަންދޫބެއް ބައިވެރިވެވަޑައިގަންނަވާނެ

990

ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަން ބޭނުންވާނަމަ މިއޮތީ ރަނުގެ ފުރުސަތެއް!

TTH_advertisement