ކުއްލި ޚަބަރު

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

މާލޭގައި ކެނަބިސް ހައްދައި ޑްރަގް ޓްރެފިކްކުރި މީހަކު 100 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

criminal court

މާލޭގައި ދިރިއުޅޭ ގެއެއްގެ ތެރޭގައި ކެނަބިސް ގަސްތަކެއް ހައްދައި، މަސްތުވާތަކެތީގެ ވިޔަފާރިކުރި މައްސަލައެއް ސާބިތުވެ، މީހަކު 100 އަހަރަށް ޖަލަށް ލުމަށާއި 4 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހު ކްރިމިނަލް ކޯޓުން މި ހުކުމް އިއްވާފައިވަނީ ނ. ކެނދިކުޅުދޫ، ނިޝާން، އަހުމަދު ޔާސިހުގެ މައްޗަށެވެ. އޭނާގެ މައްޗަށް މި ބޮޑު ހުކުމް އައިސްފައިވަނީ ދައުލަތުން އުފުލި ހަތަރު ދައުވާއެއް ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ. އެއީ މަސްތުވާ އެއްޗެއް އުފެއްދުމުގެ ކުށުގެ ދައުވާއާއި، މަސްތުވާތަކެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއާއި، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ 13 މެއި 2023 ގައެވެ. އެ ދުވަހު މާލޭ ބަނަފްސާމަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި މަރުޖުވާނާ ގަހެއް ހުރިކަމަށް ބެލެވޭ ކަމަށް ބުނެ އާންމު ފަރާތަކުން ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައެވެ. ފުލުހުން އެތަނުގައި ހަރަކާތްތެރިވަމުން ދަނިކޮށް، އަހުމަދު ޔާސިހު އެތަނަށް ގޮސް އެއީ އޭނާގެ ގަހެއް ކަމަށާއި، އޭނާ ދިރިއުޅޭ ގ. ގިރިމިނީ ގޭގެ ބެލްކަނީގައި ވެސް އޭގެ ގަސްތަކެއް ހުންނާނެ ކަމަށް ބުނުމުން، އޭނާގެ ހުއްދައާ އެކު ފުލުހުން ވަނީ އެ ގެ ބަލައި ފާސްކޮށްފައެވެ.

އެ ގެ ބަލައި ފާސްކުރިއިރު، ބެލްކަނީގައި ހުރި ޕޮޓުތަކުން ހަތަރު ގަހާއި އޭނާގެ ކޮޓަރިން ދެ ގަސް ފެނިފައިވެއެވެ. އަދި މަގުމަތިން ފެނުނު ގަހާއެކު ޖުމްލަ ހަތް ގަސް ތަހުލީލުކުރިއިރު، އެއީ ކެނަބިސް ގަސްކަން ރިޕޯޓުތަކުން ކަށަވަރުވެފައިވެއެވެ. މީގެ އިތުރުން އެ އެޕާޓްމަންޓުން އެހެން ބާވަތްތަކުގެ މަސްތުވާތަކެތި ވެސް ފެނިފައިވާކަން ހެކިތަކުން އެނގެން އޮވެއެވެ.

ޝަރީއަތުގެ މަޖިލީހުގައި ޔާސިހު ދައުވާތަކަށް އިންކާރުކުރި ނަމަވެސް، މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހުސާން ނިންމެވީ ހެކިތަކަށް ބަލާއިރު ކުށް ސާބިތުވާ ކަމަށެވެ. ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި މަރުޖުއާނާ ގަހަކީ ރާއްޖޭގައި އާންމުކޮށް ހައްދާ އުޅޭ ބާވަތުގެ ގަހަކަށް ނުވާއިރު، އެ ގަސްތައް ޔާސިހަށް ލިބުނު ގޮތެއް ނުވަތަ ހެއްދި ސަބަބެއް އޭނާއަށް ބުނެދެވިފައެއް ނުވެއެވެ. އެހެންކަމުން އެއީ އޭނާ ހައްދާފައިވާ ގަސްތަކެއް ކަމަށް ޝަރީއަތުން ވަނީ ކަނޑައަޅާފައެވެ.

މި ހަތަރު ދައުވާ ސާބިތުވުމުން، ކޮންމެ ދައުވާއަކަށް 25 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އެހެންކަމުން ޖުމްލަ ހުކުމަކީ 100 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. މީގެ އިތުރުން ކޮންމެ ދައުވާއަކާ ގުޅިގެން 100،000 ރުފިޔާގެ މަގުން، ޖުމްލަ 400،000 ރުފިޔާގެ ޖޫރިމަނާއެއް ވެސް އޭނާގެ މައްޗަށް ވަނީ ކަނޑައަޅާފައެވެ. މި ފައިސާ 12 މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

މަންޑޭގެ ހުކުމް ހޮނިހިރު ދުވަހު

ކްރިމިނަލް ކޯޓުގެ ޤާޟީ ފާއިޒު ރަޝާދު މަޤާމުން ވަކިކުރެއްވުމުގެ މައްސަލަ ކޮމިޓީއަށް

ސައްހަ ނޫން ޓީޓީ ފޮނުވައިގެން މަންފާ ހޯދި ޝިފާއުގެ މައްޗަށް 16 ދަޢުވާއެއް ސާބިތުވެއްޖެ

TTH_advertisement