ކުއްލި ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީން މީހަކު ހައްޔަރުކޮށްފި

މާލޭގައި ކެނަބިސް ހައްދައި ޑްރަގް ޓްރެފިކްކުރި މީހަކު 100 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ބިދޭސީން ވިޔަފާރިކުރާ 5 ތަނެއް ބަންދުކޮށް، 3 ބިދޭސީއަކު ހައްޔަރުކޮށްފި

ފަހި ފުރުސަަތު ޕްރޮގުރާމުގެ ތެރެއިން 356 އެއްހަައި މީހުންނަށް ވަޒީފާ ހޯދައިދެވިފައިވޭ: ޑރ.ޢާއިޝަތު ޝިހާމު

dr aishath shihaam

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިިފެސްޓޯގައި ހިމެނިގެން ނުކުޅެދުންތެރިކަން ހުންނަ މީހުން އިތުރަށް ބާރުވެރިކުރުވުމުގެ ގޮތުން އެ މީހުންނަަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ފެށި “ފަހި ފުރުސަަތު” ޕްރޮގުރާމުގެ ތެރެއިން 356 އެއްހަައި މީހުންނަށް ވަޒީފާ ހޯދައިދެވިފައިވާއިރު، އިތުރު ފަރާތްތަކަށްވެސް ވަޒީފާ ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް އާއިލީ އަދި އިޖުތިމާއީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.ޢާއިޝަތު ޝިހާމު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ހުށަހަޅުއްވައިދެއްވާ “ތަރުޖަމާނާ އެކު” ޕޮޑްކާސްޓުގެ ހަތަރުވަނަ އެޕިސޯޑުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން އެމަނިކުފާނަށް އެންމެ ބޮޑަށް ފާހަގަކުރެއްވުނު އެއްކަމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ތައުލީމު ހާސިލުކުރުމުގެ މަރުހަލާ ފުރިހަމަކުރުމަށްފަހު އަމިއްލަ ފައިމައްޗަށް ތެދުވެ، ކުރިއަށްދާނެ ފުރުސަތުތައް ހަނިވެފައި މަދުކަން ކަމަަށެވެ.

އެކަން ހައްލުކުރެއްވުމަށް ދައުލަތުގެ ތެރެއިންނާއި އަމިއްލަ ވިޔަފާރިތަކާ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ރައީސްގެ ސިޔާސަތެއްގެ ގޮތުގައި އެމަނިކުފާނުގެ ރިޔާސީ ވައުދު ނާމާގައި ހިމަނުއްވައި، ވެރިކަމާ ހަވާލުވެވަޑައިގެން ސިވިލް ސާވިސް ކޮމިޝަނާއި ދައުލަތުގެ ކުންފުނިތަކާއެކު ކުރެއްވި މަސައްކަތްޕުޅުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހަމަޖައްސާނެ އުސޫލުތަކާއި އިޖުރާއާތުތައް އެކުލަވައިލެވި އެކަންކަމަަށް އަމަލުކުރަން ފެށިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ހިންގާ “ފަހި ފުރުސަތު” ޕްރޮގުރާމުގެ ތެރެއިން 350 އެއްހައި މީހުންނަށް ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގެ ތެރެއިން ވަޒީފާ ހަމަޖައްސައިދެވުނު ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ އިތުރު މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ސަރުކާރު ކުންފުނިތަކާއި ދައުލަތުގެ އިދާރާތަކުން އެފަދަ ފަރާތްތަކަަށް ފަހިކޮށްދެވެން ހުރި ފުރުސަތުތައް ދެނެގަނެ، އެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ އިތުރަށް އަމިއްލަ ވިޔަފާރިތަކާ ގުޅިގެން އެ ފަރާތްތަކަށް ފުރުސަތުތައް ހޯދައިދިނުމަށްވެސް ސަރުކާރުން މަސައްކަތްކުރަމުން އަންނަކަމަަށް ވަޒީރު ވިދާޅުވިއެވެ.

ޑރ.ޢާއިޝަތު ޝިހާމު ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކި ތަންތަނުން ވަޒީފާގެ ފުރުސަތުތައް ހަމަޖައްސައިދިނުމުގެ އިތުރަށް އެ ފަރާތްތަކަށް ވަޒީފާ ފަހިކޮށްދޭ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މުއާމަލާތްކޮށް އެ ފަރާތްތަކަށް ފަހިވާނެ މަސައްކަތުގެ މާހައުލެއް ބިނާކުރުމަށް ބޭނުންވާ ހުނަރުތައް ފޯރުކޮށްދިނުމަށްޓަކައި، އެމީހުން ތަމްރީނުކުރުމުގެ ޕްރޮގުރާމުތައްވެސް ވުޒާރާއިން އަންނަނީ ކުރިއަށްގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dr aishath shihaam

އެންމެ ބޮޑު ޝަކުވާއަކީ ބޯހިޔާވަހިކަމާއި ވަޒީފާއެއް ނެތުމުގެ މައްސަލަ: ޑރ. ޢާއިޝަތު ޝިހާމް

dr aishath shihaam

“އުފާވެރި ރާސްތާ” ޕްރޮގްރާމުގައި 1000 އިސްރަށްވެހިން ބައިވެރިވެފައިވޭ: ޑރ. ޢާއިޝަތު ޝިހާމް

ހަތަރު އަތޮޅެއްގައި ނާދީ ތަރައްޤީ ކުރަނީ

Image 20

އުމުރުން ދުވަސްވީ މީހުންނަށް ހިތްހަމަޖެހުން ގެނެސްދިނުމަށް ރަށްރަށުގައި މަރުކަޒުތަކެއް އަޅަނީ

TTH_advertisement