ކުއްލި ޚަބަރު

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ފެހެންދޫގައި ސޯލާ ހައިބްރިޑް ނިޒާމެއް ގާއިމުކުރަނީ

ބޮޑުތަކުރުފާނުމަގުގެ މަސައްކަތް ކުރިއަށްދާގޮތް ސައުދީ ބައްލަވާލައްވައިފި

ސަފީރު މަަސްއޫދު ދެއްކެވި ވާހަކައާ ގުޅިގެން ހަލީލު މަޖިލީހަށް ހާޒިރުކުރަނީ

dr khaleel
ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް

ސްރީ ލަންކާގަައި ދިރިއުޅޭ ދިވެހިންނާމެދު އެގައުމުގެ ސަރުކާރުން ރަނގަޅަށް ކަންތައް ކުރަމުންނުދާކަމަށް ވިދާޅުވެ ރާއްޖެއިން، ލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު މަސްއޫދު އިމާދު ލަންކާގެ ނޫހަކަށް ދިން އިންޓަވިއުއާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކޮށްދިނުމަށް އެދި ހުށަހަޅައިފިއެވެ.

ހަލީލް، މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދި ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް އެވެ.

މީކައިލް ހުށަހެޅުއްވި “ވަޒީރުންނާ ސުވާލުކުރުމުގެ ނޯޓިސް” ގައި އޭނާ ވިދާޅުވީ ލަންކާގެ “ޑެއިލީ ނިއުސް” އަށް މަސްއޫދު ދެއްވި އިންޓަވިއެއްގައި، ލަންކާއަށް ދަތުރުކުރާ ދިވެހިންނާ މެދު އެ ގައުމުގެ އިމިގްރޭޝަން އޮފިޝަލުން އިހާނެތިކޮށްހިތުން ހުއްޓާނުލައިފި ނަމަ، ރާއްޖޭގައި މަސައްކަތްކުރާ ލަންކާގެ ފަންނީ މީހުންނަށް ވިސާ ދޫކުރުމުގެ ސިޔާސަތަށް ބަދަލު ގެންނާނެކަމުގެ އިންޒާރު މަސްއޫދު ދެއްވާފައިވާ ކަމަށެވެ.

“ޑިޕްލޮމެސީއާއި ބައިލެޓްރަލް މަޝްވަރާގެ ރިވެތި އުސޫލު ދޫކޮށް މީހާ ފާޅުގައި އަވައްޓެރި ގައުމަކާ ޖެހިގަތުމަކީ އެންމެ ރަނގަޅު ގޮތްތޯ؟ މިނިސްޓަރު ހަލީލްއާ ކުރައްވަން ބޭނުންވާ ސުވާލުގެ ގޮތުގައި މީކާއިލް ބަޔާންކޮށްފައިވެއެވެ.

މަސްއޫދު “ޑެއިލީ ނިއުސް” އަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވަނީ ލަންކާގެ އިމިގްރޭޝަންގެ ދިގު ކިއުގައި ހެނދުނު 9:00 އިން ހަވީރު 5:00 އަށް ދިވެހިން ތިބޭއިރު ވެސް ވަކި ބަޔަކަށް އިސްކަންދީގެން ވިސާ ދޫކުރުމުގެ ކަންކަން ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވިސާގެ ކަންކަން ފަސޭހައިން މިހާރު ކުރެވެނީ އޭޖެންޓެއް މެދުވެރިކޮށް ކަމަށެވެ. ތައުލީމު ހާސިލް ކުރުމަށާއި ސިއްހީ ފަރުވާ ހޯދުމަށް ދިވެހިން ކުރިން އެންމެ ގިނައިން ދަތުރުކުރީ ލަންކާ އަށް ނަމަވެސް، މިފަދަ މައްސަލަތަކުގެ ސަބަބުން ދިވެހިން ލަންކާއަށް ދާ ވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަޖިލީހުގެ ރައީސް، ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފި

338785 01b42110 6

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުން ފެބްރުއަރީ 5 ގައި

majlis

ދެ އިންތިހާބު އެއްކޮށްލާ ބިލު، އާއްމުންގެ ހިޔާލަށް ހުޅުވާލައިފި

majilis

ރީ-އެމްޕްލޯއިމަންޓްގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

TTH_advertisement