ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރޯދައަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ

ރަމަޟާން މަހަށް ތައްޔާރުވުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހެދުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ފަށައިފިއެވެ.

އެޗްޑީސީން ވިދާޅުވީ، ވަގުތީ މާރުކޭޓު ހަދަނީ ދެވަނަ ފިޔަވަހީގައި ވިނަރެސް 8 ވަނަ ފްލެޓާއި ވަގުތީ މިސްކިތާ ދެމެދު އޮންނަ ހުސް ސަރަޙައްދުގައި ކަމަށެވެ. މި މަސައްކަތަކީ ހުޅުމާލެ ދެވަނަ ފިޔަވަހިން، ފަސޭހަ ކަމާއިއެކު މޭވާއާއި ތަރުކާރީގެ ބާވަތްތައް ގަނެވޭނެ މަގު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ.

ހުޅުމާލޭގައި ތަރައްޤީ ކުރާ ވަގުތީ މާރުކޭޓުގައި 24 ގޮޅި ހެދުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު ކުރިއަށް ގެންދަނީ، މާރުކޭޓުގެ ވަގުތީ އިމާރާތުގެ މަސައްކަތްތަކެވެ. އެޗްޑީސީން ވިދާޅުވީ، ގޮޅިތައް ހެދުމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގޮޅިތައް ދޫކުރުމުގެ މަސައްކަތްތައްވެސް ކުރިޔަށް ގެންދާނީ އެޗްޑީސީންނެވެ. މި ގޮޅިތައް ދޫކުރާނީ ޢާއްމު އުސޫލުން ކަމަށާއި، މަސައްކަތް ނިމުނުހާ އަވަހަކަށް ގޮޅިތައް ދޫ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވައްސަކީ، މިހާރު މާލެ ސަރަޙައްދުގައި އެންމެ ބާރަށް އާބާދު ވަމުންދާ ސަރަޙައްދެވެ. މިހާރު ދޫކުރަމުންދާ ފްލެޓުތަކާއެކު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ އާބާދީ ލައްކައަކާއި ގާތްކުރާނެ ކަމަށް ބެލެވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިވަގުތު ދާއިމީ އެއްވެސް މާރުކޭޓެއް ނެތެވެ. ނަމަވެސް ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ލުއިފަސޭހަ ގޮތެއްގައި ޢާއްމު ޚިދުމަތްތައް ލިބޭނެ ގޮތް ދަނީ ފަހިކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެޗްޑީސީން ތެލެސީމީއާ ސޮސައިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

zakat

ފުރަތަމަ ހަފުތާގައި ފިތުރު ޒަކާތުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ލިބިފައިވޭ: ޒަކާތު ހައުސް

hdc office

ބިންވެރިޔާ ސްކީމްގެ ދަށުން އޮޅުވާލައިގެން ގޯތި ހޯދަން އުޅުނު 12 މީހަކަށް ދައުވާކުރަން ފޮނުވައިފި

hukuru khuthuba

ރަމަޟާންމަހަކީ، ކަންނެތްކަން އިޚުތިޔާރުކޮށް، ޗުއްޓީނެގުމާއި ނިދުމުގެ މައްސަރެއް ނޫން: ޚުޠުބާ