ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާ ޓާމިނަލްގެ ސީޕްލޭން ޗެކިން އޭރިއާ ބޭނުންކުރަން ފަށައިފި

velana-seaplane-check-in

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލުގެ ސީޕްލޭން ކައުންޓަރުތައް ބޭނުންކުރަން ފަށައިފިއެވެ.

މިކަން ހާމަކޮށް އެމްއޭސީއެލްއިން މިއަދު ހަވީރު ބުނެފައިވަނީ ސީ ޕްލޭން ޗެކިން ކުރާ އައު ސަރަހައްދަކީ ޖާގައިގެ ގޮތުން ތަނަވަސް، އެކުގައި އެއާ ކަންޑިޝަން ކުރެވިފައިވާ އަދި ހިތްގައިމުކަމާ ހިތްފަސޭހަކަން ލިބިދޭނެ ސަރަހައްދެއް ކަމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް 1އަކީ ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީކުރެވިފައިވާ ޓަރމިނަލެކެވެ. އެގޮތުން މި ޓަރމިލަނުގައި ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ހުންނައިރު، އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކްވެސް ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން، މި ޓަރމިނަލުގައި 12 އެއިރޯ ބްރިޖްވެސް ވަނީ ޤާއިމްކޮށްފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަކީ 457 މިލިޔަން ޑޮލަރު (ހަތް ބިލިޔަން ދިވެހި ރުފިޔާ) ހޭދަކޮށްގެން ހަދާފައިވާ ޓާމިނަލެކެވެ. އާ ޓާމިނަލުން މިހާރު 39 އެއާލައިނަކަށް އަންނަނީ ޚިދުމަތް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޑޮމެސްޓިކް ދަތުރުތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކުރަނީ

87

ލޯކަލް ޓޫރިޒަމް ކުރިއަރުވަން ސީޕްލޭންގެ ޚިދުމަތް މުހިންމު: އަމީން

Maldives new terminal

އެއަރޕޯޓުގައި ޚިދުމަތެއް ދެވޭނީ ޚާއްސަ ހުއްދައެއް ހޯދައިގެން: ވީއައިއޭ

ޓާމިނަލް 1 އަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފި