ކުއްލި ޚަބަރު

ރައީސް ޑޯޕިންގ އެޖެންސީ އުފައްދަވައިފި

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

އެންމެ ބޮޑު ޝަކުވާއަކީ ބޯހިޔާވަހިކަމާއި ވަޒީފާއެއް ނެތުމުގެ މައްސަލަ: ޑރ. ޢާއިޝަތު ޝިހާމް

dr aishath shihaam

“ހާލު ކިހިނެއް” ޕްރޮގްރާމްގެ ތެރެއިން ލިބެމުން އަންނަ އެންމެ ބޮޑު ޝަކުވާތަކަކީ އެކަށީގެންވާ ބޯހިޔާވަހިކަން ނެތުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ނުލިބުމުގެ މައްސަލަ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ގެނެސްދެއްވާ “ތަރުޖަމާނާ އެކު” އެޕިސޯޑް ހަތަރެއްގައި، “ހާލު ކިހިނެތް” ޕްރޮގްރާމުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތުތަކާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

“އެކި ސަރަހައްދުތަކުގައި ރައްޔިތުން ބޭނުންވާ ކަންކަންވެސް ތަފާތު. މާލެ ސަރަހައްދަށް ބަލައިފިނަމަ އެންމެ މައިގަނޑު ޝަކުވާއަކަށްވެފައި މި އޮންނަނީ ބޯހިޔާވަހިކަމުގެ މައްސަލަ. ދެން އަޅުގަނޑުމެންނަށް އެބަ އާދޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ނުލިބުމުގެ މައްސަލަތައް ވެސް.”

ވަޒީރު ވިދާޅުވީ ހާލު ކިހިނެއް ޕްރޮގްރާމުގެ ދަށުން 17 އަތޮޅެއްގެ 17 ހާހަށްވުރެން ގިނަ ގޭބިސީއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

ބޯހިޔާވަހިމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ އުސޫލުގެ ސަބަބުން މިކަމަށް ދާއިމީ ހައްލެއް ގެނެވޭނެކަމަށް ގަބޫލުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އިތުރަށް ވަޒީރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 356 މީހަކަށް ވަޒީފާގެ ފުރުސަތު ހޯދައިދެވިފައިވާ ކަމަށެވެ.

ވަޒީރު މިފަދައިން ވިދާޅުވިއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ ގޮތުން ވުޒާރާއިން ކުރިއަށްގެންދާ ޖޮބް ރެޑިނަސް ޕްރޮގްރާމުގެ ބައިވެރިވުމުގެ ފުރުޞަތު ވުޒާރާއިން ވަނީ މިހާރު ހުޅުވާލާފައެވެ. ހަ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ތިން ވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުޞަތު މާދަމާގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

‘ޖޮބް-ރެޑިނަސް ޕްރޮގްރާމް’ އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ މާޙައުލަށް ބޭނުންވާ އަސާސީ ތައުލީމާއި ހުނަރު އިތުރުކުރަން ބޭނުންވެފައިވާކަން ފާހަގަކުރެވި، މި ފަރާތްތައް ވަޒީފާގެ މާޙައުލަށް ނުކުތުމުގެ ކުރިން، މި ފަރާތްތަކަށް ބޭނުންވާ އަސާސީ އެކި ހުނަރުތައް ދަސްކޮށްދިނުމުގެ މަޤުސަދުގައި އުފައްދާފައިވާ ޕްރޮގްރާމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dr aishath shihaam

ފަހި ފުރުސަަތު ޕްރޮގުރާމުގެ ތެރެއިން 356 އެއްހަައި މީހުންނަށް ވަޒީފާ ހޯދައިދެވިފައިވޭ: ޑރ.ޢާއިޝަތު ޝިހާމު

dr aishath shihaam

“އުފާވެރި ރާސްތާ” ޕްރޮގްރާމުގައި 1000 އިސްރަށްވެހިން ބައިވެރިވެފައިވޭ: ޑރ. ޢާއިޝަތު ޝިހާމް

ހަތަރު އަތޮޅެއްގައި ނާދީ ތަރައްޤީ ކުރަނީ

Image 20

އުމުރުން ދުވަސްވީ މީހުންނަށް ހިތްހަމަޖެހުން ގެނެސްދިނުމަށް ރަށްރަށުގައި މަރުކަޒުތަކެއް އަޅަނީ

TTH_advertisement