ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް، ބޮޑު ކަންނެލި ކިލޯއެއް 25 ރުފިޔާއަށް ގަންނަން ފަށައިފިއެވެ.
ކަނޑުއޮތްގިރީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ، ބޮޑު ކަންނެލި ކިލޯއެއް 25 ރުފިޔާއަށް ގަންނަން ފެށީ، އިއްޔެ ކަމަށެވެ.
ޝިޔާމް ވިދާޅުވީ، މި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމަށެވެ.
ރައީސް މުއިއްޒުގެ ސިޔާސަތަކީ ނަމަކަށް ކަމެއް ކޮށްދެއްވުމުގެ ބަދަލުގައި ދެމެހެއްޓެނިވި ގޮތެއްގައި އެ ކަމެއް ކުރެވޭނެ ގޮތް ހެދުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި، ކަޅު ބިލަމަހާއި ބޮޑު ކަންނެލި މަސްވެރިންނަށް މިސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްދީފައިވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

މީގެކުރިން ބޮޑު ކަންނެލި ގަންނަމުން ދަނީ އަމިއްލަ ކުންފުނިތަކުންނެވެ. ބޮޑު ކަންނެލި މަސްވެރިންގެ ޒަމާންވީ ކަންބޮޑުވުމަށް ހައްލު ގެނެސްދެއްވީ ރައީސް މުއިއްޒުގެ ސަރުކާރުންނެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން ދާދިފަހުން މިނިސްޓަރު ޝިޔާމް ވަނީ މަސްވެރިންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ވެސް މިނިސްޓަރު ވަނީ މަސްވެރިންނަށް އުފާވެރި ޚަބަރުތަކެއް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު