ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުދި ވިޔަފާރިތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަނީ

Izaam

ކުދި ވިޔަފާރިތަކުގެ ކަންބޮޑުވުންތައް އަޑުއެހުމަށް ސިލްސިލާ ޑައިލޮގް ބައްދަލުވުންތަކެއް ބާއްވަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ނިންމަވައިފިއެވެ.

އޮތެންޓިކް މޯލްޑިވްސްގެ ހަވަނަ އަހަރީ ހަފްލާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ވިޔަފާރިތަކަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރެވޭނީ، ސީދާ ވިޔަފާރިވެރިންނާ ވާހަކަ ދެކެވި، ކުރިމަތިވާ މައްސަލަތައް ދެނެގަނެވިގެން ކަމަށެވެ. އަދި އެކަން ކުރެވޭނީ ގަވައިދުން ވިޔަފާރިވެރިންނާ ބައްދަލުވެ، ޚިޔާލު ހޯދައިގެން ކަމަށް ސައީދު ވިދާޅުވިއެވެ.

އެހެންކަމުން ކުދި ވިޔަފާރިތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވާނެކަން ސައީދު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމަށް ފަހު މިއަހަރާއި އަންނަ އަހަރު ވިޔަފާރިތައް ކުރިއެރުވުމުގެ ގޮތުން ބޮޑެތި ލުއިތަކެއް ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ވިޔަފާރިވެރިންނަށް ސަރުކާރުން ދޭން ހުރި ފައިސާ ވެސް ދީ ނިންމުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރަށްރަށުގައި ލޯކަލް ޓޫރިޒަމް ކުރިއަށްގެންދިޔުމަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިން އަންނަނީ ޑޮލަރު އޭޓީއެމްތައް ބަހައްޓަމުންނެވެ. އެގޮތުން މި އަހަރު ވެސް ޑޮލަރު އޭޓީއެމްތައް ބަހައްޓާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ރައްޔިތުންނަށް ޚިދުމަތް ކުރަން މޫސާ އަލީ ޖަލީލް ހުންނަވާނީ ހޭވައްލާ ތައްޔާރަށް: ސައީދު

Izaam

ކުރިއަށްއޮތީ ކުދި ވިޔަފާރިތަކަށް ލުއި ލިބިގެންދާނެ ދުވަސްތަކެއް: ސައީދު

ޓައުންޝިޕް މަޝްރޫއުގެ އިންވެސްޓަރުންނާއެކު ސޮއިކޮށްފި

Image 20

ވިޔަފާރިވެރިންނަށް އުފާވެރިކަން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ބޮޑެތި ލުއިތަކެއް ދެނީ