ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްކޭމްގެ 179 މައްސަލަ: 1.9 މިލިއަން ރުފިޔާގެ ގެއްލުން

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވެ، ހަމައެކަނި ނިމިދިޔަ ޑިސެމްބަރު މަހުވެސް އާންމުންގެ އަތުން 1.9 މިލިއަން ރުފިޔާ ގެއްލިފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކުރި މައުލޫމާތުތައް ދައްކާގޮތުން، ވޭތުވެދިޔަ އަހަރުގެ ފަހު މަހު ސްކޭމްގެ 179 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން ގިނަ މައްސަލަތަކުގައި ހިމެނޭ ފައިސާ އަނބުރާ ހޯދިފައިވާއިރު، 89 މައްސަލައެއްގައި ގެއްލުނު ފައިސާ އެއްކޮށް ވަނީ ރިކަވާކުރެވިފައެވެ. އަދި ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 45 މައްސަލައެއްގައި، ގެއްލުނު ފައިސާގެ ދެބައިކުޅަ އެއްބައި ސަލާމަތްކުރެވުނުކަމަށް ފުލުހުން ބުނެއެވެ.

މި މުއްދަތުގައި އެންމެ ގިނައިން ހުށަހަޅާފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ މުއާމަލާތްތަކާ ގުޅުންހުރި އޮޅުވާލުންތަކެވެ. އެފަދަ 80 މައްސަލައެއް ރެކޯޑުކުރެވިފައިވާއިރު، އެހެން މީހަކަށް ހެދިގެން އޮޅުވާލައިގެން ފައިސާ ހޯދުމުގެ 44 މައްސަލައަކާއި، ޑޮލަރު މާރުކުރުމާއި ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 31 މައްސަލައެއް ވެސް ހިމެނެއެވެ. މީގެ އިތުރުން ފިޝިންގ، ވިޝިންގ އަދި ވަޒީފާގެ ނަމުގައި ހިންގާ ސްކޭމްތަކުގެ 16 މައްސަލައެއްގެ އިތުރުން އެހެނިހެން ގޮތްގޮތުން އޮޅުވާލި 16 މައްސަލައެއް ވެސް ޑިސެމްބަރު މަހު ވަނީ ފެންމަތިވެފައެވެ.

ޑިސެމްބަރު މަހު ހުށަހެޅުނު މައްސަލަތަކުގައި ޖުމްލަ 1.9 މިލިއަން ރުފިޔާގެ ގެއްލުން އާންމުންނަށް ލިބުނު ނަމަވެސް، އެ މަހުގެ ތެރޭގައި ފުލުހުން ވަނީ ޖުމްލަ 4 މިލިއަން ރުފިޔާ ރިކަވާކޮށްފައެވެ. މި އަދަދު އިތުރުވެފައިވަނީ އޭގެ ތެރޭގައި ނޮވެމްބަރު މަހު ހުށަހެޅުނު މައްސަލަތަކުގައި ހިމެނޭ ފައިސާވެސް ހިމެނޭތީކަމަށް އެންޓި ސްކޭމް ސެންޓަރުން މައުލޫމާތު ދެއެވެ.

ސްކޭމްގެ މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން، އެންޓި ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ފާއިތުވި 10 މަސް ދުވަހަށް ބަލާއިރު ގެއްލުނު ފައިސާގެ 37 އިންސައްތަ ވަނީ އަނބުރާ ހޯދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police vcle

މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

78

މަކަރާއި ހީލަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

78

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ

Iu

ބުޅަލަކަށް އަނިޔާކޮށް މަރާލި މައްސަލައެއް ތަހުގީގު ކުރަނީ