ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތެލަސީމިއާ ސެންޓަރު ކުރިން ހިންގި އިމާރާތުގައި ޖީޕީ ކުލިނިކެއް ހަދަން ނިންމައިފި

Image 20

ތެލެސީމިއާ ސެންޓަރު ކުރިން ހިންގި އިމާރާތުގައި ޖީޕީ ކުލިނިކެއް ހަދަން ސަރުކާރުން ނިންމައިފިއެވެ.

އައިޖީއެމްއެޗުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހެންވޭރު ޖީޕީ ކްލިނިކް ހެދުމަށް ކަނޑައަޅާފައިވާ ކުރީގެ ތެލެސީމިއާ ސެންޓަރުގެ ޑިމޮލިޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން ބޭނުންވާ ކަމަށެވެ.

އެހެންވެ އެ މަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ދައުވަތު ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށާއި ބީލަން ހުށަހަޅުން ހުޅުވާލާފައިވަނީ މިމަހުގެ 15 ދުވަހުގެ ނިޔަލަށް ކަމަށެވެ.

މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި ވިދާޅުވެފައިވަނީ ހެންވޭރުގައި ޖީޕީ ކްލިނިކެއް ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ހެންވޭރު ޖީޕީ ކްލިނިކާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ކްލިނިކްގެ މަސައްކަތް އެއްކޮށް ނިންމުމަށް މަސައްކަތް ކުރާނެކަމަށްވެސް ހަލީމް ވިދާޅުވެފައިވެއެވެ.

އައިޖީއެމްއެޗުގައި ޑޮކްޓަރަށް ދައްކަން، ކިޔޫގައި އެތައް ވަގުތެއް ހޭދަކުރަން ޖެހޭ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުންވަނީ ހަ ޖީޕީ ކުލިނިކެއް ހުޅުވުމަށް ނިންމައިފައެވެ. އޭގެ ތެރެއިން އެއް ކްލިނިކު މިހާރުވަނީ މާފަންނުގައި ހުޅުވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

އައިޖީއެމްއެޗަށް “އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން” ތަޢާރަފުކޮށްފި

778

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

Mm

ދީނީ އިލްމުވެރިޔާ އަޒީބެ އަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ

Adheel

ޑެންގީ ހުން އިތުރުވާތީ ސަމާލުވާން އައިޖީއެމްއެޗުން އިލްތިމާސްކޮށްފި