ކުއްލި ޚަބަރު

ރައީސް ޑޯޕިންގ އެޖެންސީ އުފައްދަވައިފި

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ފުވައްމުލަކު އަނިޔާވި ޒުވާނާއަށް ފަރުވާދިނުމަށްފަހު ދޫކޮށްލައިފި

Fuvahulah atoll maldives banner

ފުވައްމުލައް ސިޓީގައި ރޭ ހިނގި މާރާމާރީއެއްގައި 25 އަހަރުގެ ދިވެހި ޒުވާނަކަށް އަނިޔާވެ، އޭނާގެ ބޯ ފަޅާލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ދެ މީހެއްގެ މެދުގައި ހިނގި މި ހަމަނުޖެހުމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ އިރުއޮއްސި 19:35 އެހާކަންހާއިރުއެވެ.

މި ހާދިސާގައި އަނިޔާވި ޒުވާނާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ. އޭނާގެ ބޯ ފަޅައިގެން ދިއުމާ ގުޅިގެން ދޭންޖެހޭ ފަރުވާތަކަށްފަހު، މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މިއީ ކޮން ސަބަބަކާ ގުޅިގެން ހިނގި މާރާމާރީއެއް ކަމެއް އަދި ސާފެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް، ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ. މިފަދަ މާރާމާރީތައް ހިނގަން މެދުވެރިވާ ސަބަބުތައް ހޯދައި، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފުވައްމުލަކު މަސް ޕްރޮސެސިން ފެސިލިޓީގެ ޚިދުމަތް ފަށަނީ

ފުވައްމުލަކާއި ށ. ފުނަދޫގައި ވޮކޭޝަނަލް އިންސްޓިޓިއުޓްތައް ގާއިމްކުރަނީ

Mm

ނޮވެމްބަރމަހު ފުވައްމުލަކު ގެތަކުގެ ފެނަށް ބިލު ނުކުރަން ނިންމައިފި

Fuvahulah atoll maldives banner

ފުވައްމުލަކު ސިޓީއާއި 10 އަތޮޅުގެ 22 ރަށެއްގައި ސޯލާ ޕީވީ ސިސްޓަމް ބަހައްޓަނީ

TTH_advertisement