އައްޑޫ ސިޓީ، ފޭދޫން ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދާފައިވަނީ ސ. ފޭދޫ، ހަމްދަރުދީގެ، ހައްވާ ރާއިދާ މުނީރު (19އ) އެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔަ ހައްވާ ރާއިދާ މިހާރު ވަނީ ފެނިފައި ކަމަށާއި، އޭނާ ފެނިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ އާންމު ރައްޔިތުންގެ ބަޔަކަށް ކަމަށެވެ.
ފުލުހުން މިރޭ ބުނީ ހައްވާ ރާއިދާ ހޯދަމުންދަނީ މިއަދު މެންދުރުން ފެށިގެން ދިޔަ ތަނެއް ނޭނގުމުގެ ސަބަބުން އޭނާ ގެއްލިފައިވާކަމަށް ރިޕޯޓުކުރުމާ ގުޅިގެން ކަމަށެވެ.
އޭނާ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން، ކަމާބެހޭ ހުރިހާ ޑިޕާޓްމެންޓުތަކަށް އެ މައުލޫމާތު ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފެށިއެވެ.
ފެނުނުއިރު އޭނާގެ ހާލު ރަނގަޅެވެ.
ކިޔުންތެރިންގެ ހިޔާލު