ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Image 20

އިލެކްޝަންސް ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ، މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވާފައިވަނީ، މިއަދުން ފެށިގެން 21 ޖަނަވަރީ 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްއިން ޑައުންލޯޑު ކުރެއްވޭނެއެވެ.

އެ ކޮމިޝަނުގެ މެންބަރު ކަމަށް 2021 ވަނަ އަހަރު ދެވަނަ ދައުރަކަށް އައްޔަންކުރެއްވި ޑރ. މުހައްމަދު ޒާހިރުގެ ދައުރު އަންނަ މަހަށް ހަމަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

455101 96bdb636 d

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި

Election

އިންތިޚާބަށް ރީ-ރަޖިސްޓްރީވުމަށް ބާކީ އެއް ދުވަސް، އަވަހަށް ރަޖިސްޓްރީވުމަށް އެދިއްޖެ!

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

Qw

ކައުންސިލް އިންތިޚާބަށް އޮފިޝަލުން ހޯދަން އަނެއްކާވެސް އިއުލާންކޮށްފި