ކުއްލި ޚަބަރު

ރައީސް ޑޯޕިންގ އެޖެންސީ އުފައްދަވައިފި

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

“އުފާވެރި ރާސްތާ” ޕްރޮގްރާމުގައި 1000 އިސްރަށްވެހިން ބައިވެރިވެފައިވޭ: ޑރ. ޢާއިޝަތު ޝިހާމް

dr aishath shihaam

އިސްރަށްވެހިންނަށް އަމާޒުކޮށްގެން ރާއްޖޭގެ 11 އަތޮޅެއްގައި ކުރިއަށްގެންދިޔަ “އުފާވެރި ރާސްތާ” ޕްރޮގްރާމުގައި 1000 އިސްރަށްވެހިން ބައިވެރިވެފައިވާކަމަށް އިޖުތިމާޢި އަދި ޢާއިލީ ތަރައްޤިއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައި ވަނީ، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، މި ޕްރޮގްރާމަކީ އިސްރަށްވެހިންނަށް ވަރަށް ކަމުދާ އަދި ހިތްހަމަޖެހޭ މަޢުލޫމާތުތަކެއް ލިބިގެންދާ ޕްރޮގްރާމެއްގެ ގޮތުގައި އެފަރާތްތަކުން ފާހަގަކުރައްވާފައިވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އެގާރަ އަތޮޅެއްގައި ކުރިއަށްގެންދިޔަ “އުފާވެރި ރާސްތާ” ޕްރޮގްރާމުގެ ތެރެއިން

އުފާވެރި ރާސްތާ ޕްރޮގްރާމަކީ، އިޖުތިމާޢީ އަދި ޞިއްޙީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމަށް އިސްރަށްވެހިން ސަމާލުކަންދޭންވީ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމުގެ މަޤުސަދުގައި އިޖުތިމާޢި އަދި ޢާއިލީ ތަރައްޤިއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި އުފާވެރި މާހައުލަކުން އިސްރަށްވެހިން އެކަކު އަނެކަކާއި ބައްދަލުވެ ޚިޔާލު ބަދަލު ކުރުމުގެ ފުރުޞަތު ވެސް މި ޕްރޮގްރާމުގެ ތެރެއިން އިސްރަށްވެހިންނަށް ފަހިވެގެންދެއެވެ.

ހަމަ އެހެންމެ، އުމުރުން ދުވަސްވާއިރު ޞިއްޙީގޮތުން ދުޅަހެޔޮކޮށް ހުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކަށް އަލިއަޅުވާލައި ކުރިއަށް ގެންދެވޭ މި ޕްރޮގްރާމަކީ، އިސްރަށްވެހިންގެ ދިރިއުޅުމުގެ ތަޖުރިބާތައް މި ޖީލާއި ހިއްސާކޮށްލުމަށް ފުރުޞަތު ލިބިގެންދާ އުފާވެރި ޕްރޮގްރާމެއްކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dr aishath shihaam

ފަހި ފުރުސަަތު ޕްރޮގުރާމުގެ ތެރެއިން 356 އެއްހަައި މީހުންނަށް ވަޒީފާ ހޯދައިދެވިފައިވޭ: ޑރ.ޢާއިޝަތު ޝިހާމު

dr aishath shihaam

އެންމެ ބޮޑު ޝަކުވާއަކީ ބޯހިޔާވަހިކަމާއި ވަޒީފާއެއް ނެތުމުގެ މައްސަލަ: ޑރ. ޢާއިޝަތު ޝިހާމް

ހަތަރު އަތޮޅެއްގައި ނާދީ ތަރައްޤީ ކުރަނީ

Image 20

އުމުރުން ދުވަސްވީ މީހުންނަށް ހިތްހަމަޖެހުން ގެނެސްދިނުމަށް ރަށްރަށުގައި މަރުކަޒުތަކެއް އަޅަނީ

TTH_advertisement