ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭގެ ވިޔަފާރި ބަނދަރު ވިއްކާލަން އުޅޭ ކަމަށް ބުނާ ވާހަކައަކީ ދޮގެއް: ޒަމީރު

55

ދުބާއީ ޕޯޓްސް ވޯލްޑް (ޑީޕީ ވޯލްޑް)އަށް ތިލަފުށީގައި ހަދާ ރާއްޖޭގެ މައި ވިޔަފާރީގެ ބަނދަރު ވިއްކާލަން އުޅޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ރައްދު ދޮގުކުރައްވައިފިއެވެ.

މާލޭގެ ވިޔަފާރި ބަނދަރު ޑީޕީ ވޯލްޑަށް ވިއްކާލަން އުޅޭ ކަމަށް ތުހުމަތުކޮށް ރޭ ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ޔާމީން ވަނީ ވާހަކަފުޅުދައްކަވާފައެވެ.

ހއ. ދިއްދޫގައި މިއަދު ހަވީރު އޮތް އެއާޕޯޓު ތަރައްގީކުރުމަށް ބިން ހިއްކުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ އިންވެސްޓްމަންޓެއް އައުމަކީ މާލޭގެ ވިޔަފާރި ބަނދަރު ވިއްކާލުމެއް ނޫން ކަމަށެވެ.

ޒަމީރު ވިދާޅުވީ މާލޭގެ ވިޔަފާރި ބަނދަރު ވިއްކާލަން އުޅޭ ވާހަކަ އަކީ ހަގީގަތެއް ނޫން ކަމަށާއި ރައްޔިތުންނަށް ދެރަވާނެ ގޮތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.

ޕޯޓަށް ވެސް، އެއާޕޯޓުގައި ހުރި ކަންކަމަށް ވެސް އަދި ދެން ހުރި ކަންކަމަށް ވެސް އިންވެސްޓުކުރަން ބޭނުންވޭ. އެހެންވީމަ މި މީހުންގެ އިންވެސްޓުކުރަން ބޭނުންވީމަ، ކޮންމެ ޕްރޮޕޯސަލެއް ހުށަހެޅިޔަސް [ރައީސް] ބައްލަވާނެ. އޭގެ މާނައަކީ ރައްޔިތުންނަށް ދެރަވާނެ ގޮތަކަށް ރައީސް ކަމެއް ކުރެއްވީކީއެއް ނޫން. ބަޔަކު ޕްރޮޕޯސަލެއް ހުށަހެޅުމަކީ އަދި ރައީސް އެ ގަބޫލުކުރައްވާ އެކަމެއް ކުރީކީއެއް ނޫން،” ޒަމީރު ވިދާޅުވިއެވެ.

ސަރުކާރަށް ލިބޭ ކޮންމެ ޕްރޮޕޯސަލަކާ ގުޅިގެން ވެސް ރައީސް މުއިއްޒު ގޮތެއް ނިންމަވާނީ މަޝްވަރާކުރަންޖެހޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު ރަނގަޅަށް ބެއްލެވުމަށްފަހު ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

އެސްޓީއޯއަށް ލިބޭ ފައިދާ ބޭނުންކޮށްގެން ތެލުގެ އަގު ބޮޑުވިޔަނުދީ ހިފަހައްޓަން ނިންމައިފި

778

500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށް ރީފައިނޭންސް ކުރަނީ އަނބުރާ ދެއްކޭނެގޮތްތައް ބަލައިގެން: ޒަމީރު

zameer

ރާއްޖޭގައި އޮޕަރޭޓްކުރާ ދިވެހި ކުންފުނިތަކުން ޓެކްސް ގަވައިދުން ދައްކާ: ޒަމީރު

Dd

އަންނަ އަހަރު ވެސް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަންޖެހޭނެ: މިނިސްޓަރު ޒަމީރު