ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހެންވޭރުގައި ގާއިމްކުރާ ޖީޕީ ކްލިނިކްގެ ޚިދުމަތް މި މަހު ފަށަނީ

Image 20

މާލޭގެ ހެންވޭރު އަވަށުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ޖެނެރަލް ޕްރެކްޓިސް (ޖީޕީ) ކުލިނިކުގެ މަސައްކަތް މިމަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ހާމަކޮށްފިއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، ހެންވޭރުގައި ތަރައްޤީ ކުރާ ކުލިނިކުގެ މަސައްކަތް މިމަހު ފެށުމަށް ތައްޔާރުވަމުންދާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގައި ޤާއިމުކުރާ ކުލިނިކުގެ މަސައްކަތް ކުރިއަށް އޮތް ރަމަޟާން މަހަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި، ގްރޭޓަރ މާލޭ އޭރިއާގައި ޖުމްލަ 6 ޖީޕީ ކުލިނިކު ޤާއިމު ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭގެ 4 ސަރަޙައްދެއްގައި ތަރައްޤީ ކުރާ 4 ކުލިނިކާއި، ހުޅުމާލޭގައި ތަރައްޤީ ކުރާ 2 ކުލިނިކެވެ. މީގެ ތެރެއިން މާފަންނުގައި ތަރައްޤީ ކުރި ކުލިނިކުގެ ޚިދުމަތް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ފަށާފައެވެ.

ޖެނެރަލް ޕްރެކްޓިސް ކުލިނިކުތައް ޤާއިމު ކުރުމުގެ މައިގަނޑު މަޤްޞަދަކީ މާލެ ސަރަޙައްދުގައި ހުންނަ ބޮޑެތި ހޮސްޕިޓަލްތަކުގެ އެމަރޖެންސީ ރޫމްތަކަށް (އީއާރު) އޮންނަ ބާރު ކުޑަކުރުމެވެ. ހޮސްޕިޓަލުގެ މެނޭޖްމަންޓުން ފާހަގަކުރާ ގޮތުގައި، އާންމު ރޯގާތަކާއި ކުދިކުދި ބަލިތަކުގައި ގިނަ ބަޔަކު އީއާރަށް ދިއުމުގެ ސަބަބުން، ސީރިއަސް ކޭސްތަކަށް ދޭންޖެހޭ ސަމާލުކަން ދިނުމުގައި ދަތިތަކާ ކުރިމަތިވެއެވެ.

މި ކުލިނިކުތަކުން ލިބޭނެ މުހިއްމު ޚިދުމަތްތަކުގެ ތެރޭގައި: އާންމު ބަލިތަކުގެ ޑޮކްޓަރަށް ދެއްކުން އެކްސްރޭ ނެގުމާއި ލޭގެ ޓެސްޓުތައް ހެދުން ކުޑަކުދިންނަށް ވެކްސިން ދިނުން އިތުރު ފަރުވާއަށް ސްޕެޝަލިސްޓުންނަށް ދައްކަން ޖެހޭ ޙާލަތްތަކުގައި ހޮސްޕިޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދޭނެ ފަސޭހަ ނިޒާމެއް މި މަޝްރޫޢުގެ ސަބަބުން، ދުނިޔޭގެ ތަރައްޤީވެފައިވާ އެހެން ޤައުމުތަކޭ އެއްފަދައިން، އާންމު ބަލިތަކަށް އަވަސް ފަރުވާ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

އައިޖީއެމްއެޗަށް “އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން” ތަޢާރަފުކޮށްފި

778

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ޖީޕީ ކްލިނިކް އަމާން އުދަރެސް 6ގައި ޤާއިމްކުރަނީ

Mm

ދީނީ އިލްމުވެރިޔާ އަޒީބެ އަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ