ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގެދޮރު އިމާރާތް ކުރުމަށް ޑައުންޕޭމަންޓް ދެއްކުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތް ހަދަނީ

majilis

ގެދޮރު ގަތުމަށާއި، ގެދޮރު އިމާރާތް ކުރުމަށާއި މަރާމާތުކުރުމަށް ވެސް ބޭނުންވާ ޑައުންޕޭމަންޓް ފައިސާދެއްކުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތް ހަދަން ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރެވެ.

ޕެންޝަނާ ބެހޭ ޤާނޫނުގައި މިހާރު އޮންނަގޮތުން ޢިމާރާތްކޮށް ނިންމައި، އަދި ޢާންމުކޮށް ހުޅުވާލައިގެން ވިއްކާ ގެދޮރު ގަތުމަށްޓަކައި ބޭނުންވާ ޑައުންޕޭމަންޓްގެ ފައިސާ، އެމީހެއްގެ ނަމުގައި ޕެންޝަން ފަންޑުގައި ހުންނަ ފައިސާއިން، އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައިވާ ގޮތުގެމަތިން ކޮލެޓަރަލައިޒްކުރެވިދާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި ޤާނޫނުގެ މި މާއްދާއަށް އަލަށް ގެންނަން ހުށަހަޅާފައިވާ އިސްލާހްގައިވާގޮތުން ގެދޮރު ގަތުމަށްޓަކައި ނުވަތަ ގެދޮރު އިމާރާތް ކުރުމަށްޓަކައި ނުވަތަ ގެދޮރު މަރާމާތުކުރުމަށްޓަކައި ބޭނުންވާ ޑައުންޕޭމަންޓް ފައިސާ، އެ މީހެއްގެ ނަމުގައި ޕެންޝަން ފަންޑުގައި ހުންނަ ފައިސާއިން، އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައިވާ ގޮތުގެމަތިން ކޮލެޓަރަލައިޒްކުރެވިދާނެއެވެ.

މި އިސްލާހުގައިވާގޮތުން އަސާސީ ޕެންޝަން ލިބެމުންދާ މީހަކަށް، ޤާނޫނޫއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ މަގާމަކަށް އިންތިޚާބު ކުރެވިއްޖެނަމަ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާ އަށް އައްޔަނުކުރެވިއްޖެނަމަ އަސާސީ ޕެންޝަން ޙައްޤު ނުވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއި ބިލަށް ބަހުސްކުރުން ދައުރުން ބޭރުން މިއަދު ބާއްވާ ޚާއްޞަ ޖަލްސާގައި ކުރިއަށް ގެންދިޔުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި