ކުއްލި ޚަބަރު

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ހެދުން ގަވައިދަށް ގެނައި އިސްލާހަކީ އިޖުތިމާއީ ސަލާމަތަށް އެޅި ރަނގަޅު ފިޔަވަޅެއް: އަދާލަތު

adaalath party

ސިވިލް ސާވިސް މުވައްޒަފުންގެ ހެދުމާ ގުޅޭ ގަވައިދަށް ގެނައި އިސްލާހަކީ އިޖުތިމާއީ ސަލާމަތަށް އެޅި ރަނގަޅު ފިޔަވަޅެއް ކަމަށް ބުނެ އަދާލަތު ޕާޓީން ތާއީދުކޮށްފިއެވެ. މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ގެޒެޓުކުރި އިސްލާހުތަކުގައި ފިރިހެން މުވައްޒަފުން ރަސްމީ ގަޑީގައި ޓައީއާއެކު ގަމީސް އަޅައި އޮފީސް ބޫޓަށް އަރައިފައި ތިބުމާއި، އަންހެން މުވައްޒަފުންގެ ހެދުމުގެ ދިގުމިނާއި، ހުރަސް ނުފެންނަ ވަރަށް ބަންދުކުރުމާއި، އިސްތަށިގަނޑު ކަޅުކުރުން ފިޔަވައި ފާޅުކަން ބޮޑު ކުލައެއްޖެއްސުން މަނާކުރުން ހިމެނެއެވެ.

އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ވަނީ، ހެދުން އެޅުމުގެ މަގްސަދަކީ އައުރަ ނިވާކުރުމާއި އިންސާނާގެ އިއްފަތްތެރިކަމާއި ކަރާމާތް ރައްކާތެރިކުރުން ކަމަށާއި، އެއީ ކޮންމެ މުސްލިމަކުގެ މައްޗަށް ވާ ވާޖިބު ކަމެއް ކަމަށެވެ. އެގޮތުން، އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް އައުރަ ނިވާކޮށްގެން އުޅުމަކީ ރައްކާތެރިކަމެއް ކަމަށް އެ ޕާޓީން ފާހަގަކުރިއެވެ.

ނަމަވެސް އިދިކޮޅު އެމްޑީޕީން ވަނީ މި އިސްލާހަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެ ޕާޓީގެ އަންހެނުންގެ ރޫހުން ނެރުނު ބަޔާނެއްގައި ބުނީ، ގަވައިދަށް ބަދަލު ގެނައީ އަންހެން މުވައްޒަފުންގެ ފަރުދީ މިނިވަންކަމަށް ހުރަސްއަޅައި، ޒާތީ މިނިވަންކަން ހަނިކުރުމުގެ ގޮތުން ކަމަށް ތުހުމަތުކޮށްފައެވެ. އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ސަރުކާރުން އަންހެނުންގެ ޒާތީ ދިރިއުޅުމުގެ ހުރިހާ ކަމެއް ކޮންޓްރޯލްކުރުން އުޅޭ ކަމަށް ތުހުމަތުކުރައްވާފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އަންހެނުންގެ ޒީނަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުން ވަންނާކަށް ނުޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަދާލަތު ޕާޓީގެ ވޯޓް ގަޑުބަޑު ކޮށްފާނެތީ އޮންލައިން ވޯޓިން ކެންސަލްކޮށްދޭން އެދިއްޖެ

އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލެއްވީ ޝިފާން އަދި އިކުރާމް

civil service office

މުސާރައިގެ ކުރިއެރުން ހައްގުވާ ތާރީޚުން ފެށިގެން ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުވާ ގޮތް ހަދައިފި

civil service office

ސިއްހީ ބޭނުންތަކަށް ޗުއްޓީ ނެގުން ފަސޭހަކޮށް އުސޫލު އިސްލާހުކޮށްފި

TTH_advertisement