ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖުވާ ކުޅޭ މީހުން ޖަލަށްލެވޭގޮތް ހަދަން ގާނޫނުލްއުގޫބާތަށް އިސްލާހެއް ހުށަހަޅައިފި

Image 20

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ ޖަލު އަދަބެއް ދެވޭ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅައިފިއެވެ.

މާދަމާ ދައުރުން ބޭރުން ބާއްވާ މަޖިލިސް ޖަލްސާއަށް މި ބިލުގެ ފުރަތަމަ ކިއުން އިއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ހުށަހެޅުއްވި ބިލުގައިވާގޮތުން ޖުވާ ކުޅުން ނުވަތަ ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއް ކަމަށެވެ. އަދި އެއީ ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއް ކަމަށް ކަނޑައަޅަން ވަނީ ހުށަހަޅާފައެވެ. އެ ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުމެވެ.

އެންމެ ބޮޑު އަދަބަކީ 4 އަހަރަށް ޖަލަށް ލުމެވެ.

ރާއްޖޭގައި އޮންލައިންކޮށް ޖުވާ ކުޅުމަކީ އާންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި