ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ

Majlis
MAJLIS

ގާނޫނުއަސާސީއަށް އިސްލާހެއް ގެންނަން ހުށަހަޅާފައިވާ ބިލެއް ތާވަލްކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާއަށް ތާވަލުކޮށްފިއެވެ.

ދައުރުން ބޭރުން ބާއްވާ އެ ހާއްސަ ޖަލްސާ ތާވަލްކޮށްފައި ވަނީ މާދަމާ ހެނދުނު 9:00 އަށެވެ.

މެންބަރުންނަށް ފޮނުވާފައިވާ އެޖެންޑާގައިވާގޮތުން ގާނޫނުއަސާސީއަށް ގެންނަ އިސްލާހުގެ ބިލެއް ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.

އެ ބިލުގެ ފުރަތަމަ ކިޔުން މާދަމާގެ ޖަލްސާގައި އިއްވާނެ އެވެ. ނަމަވެސް އެ ބިލްގެ ކޮޕީއެއް އެއްވެސް މެންބަރަކަށް ހިއްސާކޮށްފައެއްނުވެއެވެ.

މީގެއިތުރުން ގާނޫނުއުގޫބާތަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ހުށަހަޅުއްވާފައިވާ ބިލުގެ ފުރަތަމަ ކިޔުން މާދަމާ އިއްވާނެއެވެ.

މީގެއިތުރުން ޕެންޝަން ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއްގެ ފުރަތަމަ ކިޔުން ވެސް އެޖެންޑާކޮށްފައިވެއެވެ.

އެޗްއާރްސީއެމްގެ ރައީސް އައްޔަން ކުރަން ރައީސް މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުން ވެސް އެޖެންޑާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި