ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައުރަ ނިވާކުރުމަށް މަގުފަހިވާނެ ކަންކަމަކީ ދީނުގެ ދުޝްމަނުންނަށް ހަޖަމްކުރަން ދަތި އުނދަގޫ ކަމެއް: ޑރ. އަލީ ޒާހިރު

Image 20

އައުރަ ނިވާކުރުމަށް މަގުފަހިވާނެ ކަންކަމަކީ ދީނުގެ ދުޝްމަނުންނަށް ހަޖަމްކުރަން ދަތި އުނދަގޫ ކަމެއް ކަމަށް އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. ޢަލީ ޒާހިރު ބިން ސައީދު ޤާސިމް ވިދާޅުވެއްޖެއެވެ.

ޑރ ޢަލީ ޒާހިރު މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޢައުރަ ނިވައި ކުރުމަށް ދީނުގައި ބާރު އަޅާފައިވާއިރު އެކަމަށް މަގުފަހިވާގޮތަށް އެއްވެސް ކަމެއް މެދުވެރިވެއްޖެނަމަ ޙަޤީޤީ މުސްލިމުން އެކަމަށް އުފާކުރާނެ ކަމަށެވެ.

‏”އެހެނެއްކަމަކު ދީނުގެ ދުޝްމަނުންނަށް އެކަންވާނީ ހަޖަމްކުރަން ދަތި އުނދަގޫ ކަމަކަށެވެ.“ ޢަލީ ޒާހިރު ވިދާޅުވިއެވެ.

ސިވިލްސާވިސްގެ ހެދުން އެޅުމުގެ ގަވާއިދަށް ގެނައި ބަދަލާ ގުޅިގެން އިދިކޮޅު އެމްޑީޕީ އާއި އެ ޕާޓީގެ ބައެއް އިސްވެރިން ވަނީ ފާޑުވިދާޅުވެފައެވެ. އެކަމާ ގުޅިގެން އެ ޕާޓީން ދެއްކި ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ވަނީ ވިދާޅުވެފައެވެ.

އެގޮތުން އަންހެނާގެ ޢައުރަ ކަނޑައަޅުއްވާފައި ވަނީ މާތްވެގެންވާ އިސްލާމްދީނުގައި ކަމަށާއި އެކަމާ ޗެލޭންޖުކުރެވޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށް ދީނީ އިލްމުވެރިން ވިދާޅުވެއެވެ.

ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި އިސްލާހުގައިވާގޮތުން އަންހެން މުވައްޒަފުން ރަސްމީ މަސައްކަތަށް ނުކުންނައިރު އަޅާހެދުން ހުންނަންޖެހޭނީ ބުޑު ނިވާވާ ގޮތަށް ފަލަމަސްގަނޑާ ހަމައަށެވެ. އަދި ކަރުވަޅުވެސް ހުންނަންވާނީ ނިވާ ކޮށްފައެވެ. މީގެ އިތުރުން އިސްތަށިގަނޑުގައި ފާޅުކަންބޮޑު ކުލަ ޖެއްސުންވެސް ވަނީ މަނާކޮށްފައެވެ.

އެކަމާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މުސްލިމް ޖިންސުންލަތީފުންގެ ޒީނަތްތެރިކަމާއި ނަޒާހަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި އެބައިމީހުންގެ އެންމެ ޒާތީ ކަންތައްތަކާ ދައުލަތް ހިންގަންތިބި ފަރާތްތަކުން ގޮތްކިޔަމުން ގެންދާކަން ފާހަގަކުރައްވައި، ޖިންސުންލަތީފުންގެ ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުން ވަދެ، ގޮތް ކިޔައިދޭން ނުޖެހޭ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު