ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ކުރިއަށްއޮތީ ކުދި ވިޔަފާރިތަކަށް ލުއި ލިބިގެންދާނެ ދުވަސްތަކެއް: ސައީދު

Izaam

ސަރުކާރުގެ ކުރިއަށްމިއޮތް ދުވަސްތައް ވެގެންދާނީ ކުދި ވިޔަފާރިތަކަށް ލުއިތައް ލިބިގެންދާނޭ ދުވަސްތަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު ހީނާ ވަލީދުގެ ‘ތަރުޖަމާނާއިއެކު’ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕޮޑްކާސްޓަކީ ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކާއި ބެހޭ ފަހުގެ މައުލޫމާތު އަދި ރައްޔިތުންނަށް އޮޅުން އަރާ ބައެއް މައުލޫމާތު ސާފުކޮށް ގެނެސްދިނުމަށް ކުރިއަށް ގެންދާ ޕޮޑްކާސްޓެކެވެ.

މި ޕޮޑްކާސްޓުގައި މިނިސްޓަރު ސައީދު ވިދާޅުވީ މި ސަރުކާރަކީ ކުދި އަދި މެދުު ފަނތީގެ ވިޔަފާރިތަކަށް ލުއިފަސޭހަތައް ހޯދައިދިނުމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރާ ސަރުކާރެއް ކަމަށެވެ. އެގޮތުން ކުދި ވިޔަފާރިތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެބިނެޓް ގައި ވެސް ވަރަށް މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި ރައިސް ބައްދަލުކުރެއްވުމުގެ ތެރެއިން އެ ފަރާތްތަކުން އެންމެ އާއްމުކޮށް ހުށަހެޅި މައްސަލައަކީ އިންޕޯޓު ވިޔަފާރީގައި ކުރިމަތިވާ ދަތިތަކާއި އުނދަގޫތަކުގެ ވާހަކަތައް ކަމަށެވެ. އެގޮތުން މި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ވަނީ މުދާ ކްލިއަރ ކުރާ ގަޑި އިތުރު ކޮށްދެއްވާ އަދި އިތުރު ހިދުމަތްތައް ތައާރަފްކޮށް ވިޔަފާރިގައި ދިމާވާ އެހެނިހެން އުނދަގޫތަކާއި ދަތިތަކަށްވެސް ހައްލު ހޯދައިދެއްވުމުގެ މަސައްކަތް ފައްޓަވާފައިކަމަށްވެސްް ސައީދު ވިދާޅުވިއެވެ.

މިގޮތުން މުދާ ކްލިއަރ ކުރުމުގެ ވަގުތު އަދި ޑެމަރޭޖް ފީ ނެގުމުގެ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް އިތުރުކޮށް އެތައް ލުއިފަސޭހަތަކެއް މި ސަރުކާރުން ވަނީ ހޯދައިދެއްވާފައިވާކަން ވަޒީރުގެ ވާހަކާގައި ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Izaam

ކުދި ވިޔަފާރިތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަނީ

ޓައުންޝިޕް މަޝްރޫއުގެ އިންވެސްޓަރުންނާއެކު ސޮއިކޮށްފި

Image 20

ވިޔަފާރިވެރިންނަށް އުފާވެރިކަން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ބޮޑެތި ލުއިތަކެއް ދެނީ

778

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

TTH_advertisement