ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓެކްސްޓް ފޮތްތައް ސްކޫލު ހުޅުވުމުގެ ކުރިން ލިބޭނެ: ޑރ. އިސްމާޢީލް ޝަފީޢު

Minister Ismail Shafeeu
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު

ދިރާސީ އައު އަހަރެއްގެ ކިޔެވުން ފަށާއިރު ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އަބަދުވެސް އޮންނަނީ މުދައްރިސުން ހަމަނުވުމާއި ދަރިވަރުންގެ ޓެކްސްޓް ފޮތްތައް ހަމަނުވުމުގެ ކަންބޮޑުވުމެވެ. މި ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށް ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން މަސައްކަތް ފަށައެވެ. ނިމިދިޔަ ދިރާސީ އަހަރަކީ، ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިނުވެ، ދަރިވަރުންނަށް ކިޔަވައިދިނުމުގެ ކަންކަން ފުރިހަމަ ކުރެވުނު އަހަރެއްކަން ތަޢުލީމީ ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި މިދިޔަ ދިރާސީ އަހަރުގެ ތަޖުރިބާއަށް ބެލުމަށްފަހު މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ދުރާލާ ވަނީ ތައްޔާރުވާން ފަށާފައެވެ.

ތަޢުލީމީ ވުޒާރާއިން ވިދާޅުވީ، މިދިޔަ އަހަރުގެ ދިރާސީ އައު އަހަރަށް ދުރާލާ ތައްޔާރުވެ، ޓެކްސްޓް ފޮތްތައް ފޮނުވުމުގެ މަސައްކަތާއި މުދައްރިސުން ހަމަކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ކިޔެވުން ފެށުމަށް އެޅި ފިޔަވަޅުތަކަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް މިއަހަރުގެ ކިޔެވުން ފެށެންވާއިރަށް އަޅާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މި މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން ދުރާލާ ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތް ކޮށްފައިވާއިރު، ދަރިވަރުންގެ ޓެކްސްޓް ފޮތްތައް ފޮނުވުމުގެ މަސައްކަތް މިދިޔަ ޑިސެމްބަރު މަހު ވަނީ ފަށާފައެވެ. އަދި މުދައްރިސުން ހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް އެ ވުޒާރާއިން ވަނީ ފަށާފައެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާއީލް ޝަފީޢު ވިދާޅުވީ، ކުރީ އަހަރެކޭ އެއްގޮތަށް ގްރޭޑް 1އަށް ކުދިން ވެއްދުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މީގެކުރިން އެމަސައްކަތް ކުރީ ސްކޫލު ބަންދުވުމުންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ދުރާލާ ސްކޫލަށް ކުދިން ވެއްދުމުގެ މަސައްކަތް ނިންމާލުމުން ދަރިވަރުންނަށް ޖާގަ ލިބުނު ސްކޫލުތަައް ބެލެނިވެރިންނަށް އެނގި، އެކުދިންގެ ޔުނީފޯމާއި ފޮތްތައް ހޯދުމަށް ފަސޭހަވާނެ ކަމަށެވެ.

” މިހާރު ހުރިހާ ބެލެނިވެރިންނަށްވެސް އިނގޭނެ ކޮން ސްކޫލަކުންކަން ދަރިވަރުންނަށް ޖާގަ ލިބުނީ. އެއާއެކު ޔުނިފޯމް ހޯދުމާއި، ފޮތްތަަކާއި، ވައުޗަރުގެ ކަންކަމުގައިވެސް އޮޅުން އަރާނެ ކަންކަމެއް ނޯންނާނެ. މީގެއިތުރުން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލު ކުރުމުގެ ފުރުޞަތު 3 ވަނަ ފަހަރަށް ހުޅުވާލާ އެކަން ކުރުމުގެ މަސައްކަތް ދަނީ ކުރަމުން.” ޑރ. އިސްމާޢީލް ޝަފީޢު

ވަޒީރު ވިދާޅުވީ، ދަރިވަރުންގެ ޓެކްސްޓް ފޮތްތައް ސްކޫލުތަކަށް ފޮނުވުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށާއި، ސްކޫލު ހުޅުވުމުގެ މާކުރިން ދަރިވަރުންނަށް ޓެކްސްޓް ފޮތްތައްވެސް ލިބޭނެ ކަމަށެވެ. ފޮތްތަކުގެ އިތުރަށް ދަރިވަރުންގެ ކިޔެވުމަށް ބޭނުންވާނެ މުހިއްމު އަނެއް ކަމަކީ، މުދައްރިސުން ހަމަވުމެވެ. އެކަމަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ކޮންމެ އަހަރެއްގެވެސް ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު 100 އާއި 150 އާ ދެމެދުގެ އަދަދަކަށް ބިދޭސީ މުދައްރިސުން ގެންނަން ޖެހޭ ކަމަށެވެ. އެކަން ކުރަނީ، މުދައްރިސުން ރެކްރޫޓް ކުރުމަށް ބޭރު މުދައްރިސުންގެ އާބާދީއާ ގުޅިގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ، ދިރާސީ އަހަރުގެ ކިޔެވުމަށް ބޭނުންވާ އަދަދަށް މުދައްރިސުން ގެނައުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

އާބާދީ މަދު ރަށްރަށުގެ ސިއްހީ ޚިދުމަތް ވެސް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން: ނާޒިމް

Q

އިގްތިޞާދަށް ހީނަރުކަން އަޔަސް ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާނެ: ނައިބު ރައީސް

24

ކަސްޓަމްސް އޮފިސަރުންގެ ވަޒީފާއަށް 48 މީހުން ހޯދަނީ

މަޑަވެލީގައި 50 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި