ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޝައިޚް މުހައްމަދު އިބްރާހީމް ބޭސްފަރުވާއަށް ތައިލޭންޑަށް ފުރާވަޑައިގެންފި

Izaam

ރާއްޖޭގެ ދީނީ އިލްމުވެރިޔާ އައްޝައިޚް މުހައްމަދު އިބްރާހީމް ބޭސްފަރުވާ އަށް ތައިލެންޑަށް ފުރާވަޑައިގެންފިއެވެ.

އެހީ ޖަމްއިއްޔާ އިން ބުނީ އައްޝައިޚް މުހައްމަދު އިބްރާހީމް ބޭސްފަރުވާއަށް ފުރާފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

ފާއިތުވި މުއްދަތުގައި ބެންކޮކް ހޮސްޕިޓަލާއެކު ޝެއިޚް މުހައްމަދު އިބްރާހީމްގެ އޮންލައިން ކޮންސަލްޓޭޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި، ކުރިން ހެދިފައިވާ ޓެސްޓުތަކުގެ މުއްދަތު ހަމަވެފައިވާތީ، މާލޭގައި ހުންނަވައިގެން ހޮސްޕިޓަލަކުން ލޮލުގެ ކަންކަމާ ގުޅޭ ޓެސްޓުތައްވަނީ އަލުން ހެއްދެވިއެވެ

އެހީ ޖަމްއިއްޔާ އިން ވަނީ އައްޝައިޚް މުހައްމަދު އިބްރާހީމްގެ ބޭސްފަރުވާއަށް މިވަގުތަށް ބޭނުންވާ ފައިސާ ހޯދައިފައެވެ. އެ ފައިސާ ހޯދީ އެކަމަށްޓަކައި ކުރިއަށްގެންދިޔަ ކެމްޕޭނެއްގައި ގިނަ ބައެއްގެ ދީލަތި އެހީތެރިކަމާއެކުއެވެ.

ޝެއިޚްގެ ބޭސްފަރުވާގެ ހަރަދުތަކަށް ބަލައި، އިތުރު އެހީއެއް ބޭނުންވެއްޖެ ހާލަތެއްގައި، ހޮސްޕިޓަލުން އެންގުމުން އެކަމަށް ޚާއްސަ ކެމްޕޭނެއް އަލުން ހުޅުވާނެ ކަމަށް އެހީ ޖަމްއިއްޔާ އިން ބުންޏެވެ.

މިހާތަނަށް ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހުގެ އިސްލާމް ޓީޗަރެއްގެ ވަޒީފާގައި ހުންނެވި އައްޝައިޚް މުހައްމަދު އިބްރާހީމް ވަނީ އިސްލާމިކް މިނިސްޓްރީގެ ވާއިޒެއްގެ މަގާމަށް ބަދަލުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ޑ ޑަކްތަރު
ޝެއިޚް މުހައްމަދު އިބްރާހީމްއަށް ލޮލުގެނޫރު ފުރިހަމަކޮށް ދެއްވާށި امين
ތ ތުއްތުބެ
ޝައިޚުގެ ބައްޔަށް ޝިފާ ދެއްވާނދޭވެ.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު