ކުއްލި ޚަބަރު

އެމްޑަބްލިޔުއެސްސީ ގެ “ސްޓްރެޓީޖިކް ހޮރައިޒަން ފޯރަމް 2026” ބާއްވައިފި

ރިޔާސީ ބަޔާން އިއްވަވާ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި

ސަފީރު މަަސްއޫދު ދެއްކެވި ވާހަކައާ ގުޅިގެން ހަލީލު މަޖިލީހަށް ހާޒިރުކުރަނީ

މުހިންމު އިސްލާހުތަކާއެކު ތުޅާދޫ ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން 11 ޖެނުއަރީގައި ހުޅުވާލަނީ

Image 20

މުހިންމު އިސްލާހުތަކާއެކު ތުޅާދޫ ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން 11 ޖެނުއަރީގައި ހުޅުވާލަން ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

ތުޅާދޫގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް ދޫކުރުމުގެ ކަންކަން އެ ރަށު ކައުންސިލުން ގެންދާގޮތާ މެދު ރައްޔިތުންގެ އެތަކެއް ކަންބޮޑުވުންތަކެއް އެބައޮތެވެ. ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކުރާކަށް ކައުންސިލުން ބޭނުމެއް ނުވެއެވެ.

އެހެންވެ ހައުސިން މިނިސްޓްރީން ވަނީ ތުޅާދޫ ހައުސިން ޔުނިޓަށް އެދި ހުށަހަޅާފައިވާ ފޯމްތައް ބާތިލްކޮށް، އެ މަސައްކަތް އެ މިނިސްޓްރީން ކުރިއަށްގެންދާގޮތަށް ހަމަޖައްސާފައެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ތުޅާދޫ ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑުވެ، ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ހައުސިން ޔުނިޓްތައް ދޫކުރުމުގެ މަސައްކަތް މުރާޖައާކުރަން އަންގާފައި ކަމަށެވެ. ނަމަވެސް ތުޅާދޫ ކައުންސިލުން އެކަށީގެންވާ އެހީތެރިކަމާއި އެއްބާރުލުން ލިބިފައި ނުވުމުން، މި މަސައްކަތް ވީހާވެސް އިންސާފުވެރި އަދި ހާމަކަންބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، އެ މިނިސްޓްރީން ވަނީ މުހިންމު ނިންމުންތަކެއް ނިންމާފައި ކަމަށެވެ.

އެގޮތުން، ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް ދޫކުރުމުގެ އުސޫލު މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.

މި އުޞޫލުގައި ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުޠުތަކާއި، ޕޮއިންޓުދެވޭނެ ގޮތުގެ ތަފްޞީލު ހިމަނާފައިވާނެއެވެ.

މި ގޮތުން އުޞޫލަށް ގެނެވުނު މައިގަނޑު ބަދަލުތަކަކީ މަސްދުވަހަކަށް ޖެހޭ ޖުމުލަ އާމްދަނީ 60,000 ރުފިޔާއަށް ވުރެ އިތުރަށް ލިބޭ ފަރާތެއް ކަމުގައި ނުވުމާއި ޚާއްސަ އެހީއަށް ނުވަތަ އިޖުތިމާޢީ ރައްކާތެރިކަން ބޭނުންވާ އެއް ފަރާތަށްވުރެ ގިނަ ފަރާތް ބަލަހައްޓަމުން އަންނަ ފަރާތްތަކަށް ޚާއްސަ ކުރެވިފައިވާ ޕޮއިންޓު ހިމެނުން ހިމެނެ އެވެ.

މީގެއިތުރުން ތުޅާދޫ ރަށްވެހިންނާއި ތުޅާދުއަށް ހިޖުރަކޮށްގެން، އެ ރަށުގައި މެދުނުކެނޑި ދިރިއުޅެމުންދާތާ 10 އަހަރު ވެފައިވާ ފަރާތްތަކަށް ޚާއްސަކުރެވިފައިވާ ޕޮއިންޓު ދިނުމަށް ނިންމާފައިވެ އެވެ. އަދި މައިންބަފައިން ބަލަހައްޓަމުންދާ ފަރާތްތަކަށް ޚާއްސަކޮށް ޕޮއިންޓް ދެވޭނެ ގޮތް ވަނީ ހަދާފަ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަން ކުރެވިފައިވަނީ ކޮންމެ ދިވެހިރައްޔިތަކަށް ބޯހިޔާވަހިކަމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމާއެކު ކޮންމެ މީހަކަށްވެސް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ ތުޅާދޫގައި ޢިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް އެދި ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުޞަތު 11 ޖަނަވަރީ ވާ އާދީއްތަ ދުވަހުން ފެށިގެން ހުޅުވާލުމަށްވަނީ ހަމަޖެހިފައި ކަމަށެވެ. އެ މުއްދަތު ހަމަވާނީ 11 އޭޕްރީލްގަ އެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ސުވާލު ހުށަހަޅައިގެން ނުވަތަ މިނިސްޓްރީގެ 4004919 ނަންބަރަށް ގުޅުމުން ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Image 20

ތުޅާދޫ އާއި ވިލުފުށީގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Image 20

ރައްޔިތުން އެދުނުގޮތަށް އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލުމުން ފްލެޓް ލިބޭގޮތް ހަމަޖައްސައިފި

ތަރިކައިގެ ވަޒީރު ބ. ތުޅާދުއަށް

Whatsapp image 2025 12 20 at 11.59.56

ފޭސް ތިނަކުން ދޫކުރި 698 ގޯތީގެ ގުރުއަތުލައި ނިމިއްޖެ

TTH_advertisement