ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަންޑޭ 397 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި އެކި މީހުންގެ އަތުން ފައިސާ ނެގި މައްސަލާގައި ގިނަ އަދަދެއްގެ ދައުވާތައް ސާބިތުވި ހަސަން މަމްދޫހު (މަންޑޭ) 397 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ފްލެޓް ވިއްކުމުގެ ނަމުގައި އެކި މީހުންގެ އަތުން މަންޑޭ ފައިސާ ނެގި މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް ޓެކުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާއެއް ކުރިއެވެ.

އެ މައްސަލާގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އަޑުއެހުމުގައި މަންޑޭގެ މައްޗަށް 94 ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅާފައިވެ އެވެ.

މަންޑޭގެ މައްޗަށް 390 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އައީ އޭނާގެ މައްޗަށް ސާބިތުވި ޓެކުމުގެ 46 ދައުވާގައި، ކޮންމެ ދައުވާއެއްގައި އަށް އަހަރުގެ ޖަލު ހުކުމެއްގެ ރޭޓުން 368 އަހަރުގެ ޖަލު ހުކުމަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާގައި ޖުމްލަ 14 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާއެއްގައި ދޮޅު އަހަރުގެ ޖަލު ހުކުމެއް އިއްވުމުންނެވެ.

އެ މައްސަލާގައި މަންޑޭއާ އެކު ދައުވާލިބުނު ރ. އަލިފުށީ ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް ކުރި 95 ދައުވާގެ ތެރެއިން ސާބިތުވި 86 ދައުވާއާ ގުޅިގެން އޭނާގެ މައްޗަށް 150 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. އޭނާގެ މައްޗަށް އިއްވީ ޓެކުމުގައި ބައިވެރިވުމުގެ 44 ދައުވާގައި 139 އަހަރުގެ ޖަލު ހުކުމަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 40 ދައުވާގައި 13 އަހަރުގެ ޖަލު ހުކުމަކާއި މަނީ ލޯންޑްރިންއަށް އެހީވުމުގެ ކުށުގައި 5 އަހަރަށް ޖަލަށްލުމާއެކު ތިން ލައްކަ ރުފިޔާގެ ޖޫރިމަނާ އެކެވެ.

ޖަލަށްލުމުގެ އިތުރުން އެ މީހުން ފައިސާ ނެގި މީހުންނަށް އެ ފައިސާ ހަ މަސް ދުވަސް ތެރޭގައި އަނބުރާ ދިނުމަށް ވެސް ކޯޓުގެ އަމުރުގައި ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ނައީމާ މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ ފަވާޒު ޝަރުތުތަކާއެކު ދޫކޮށްލައިފި

Mussss

މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބިދޭސީއަކު އުމުރަށް ޖަލަށް

Mussss

ކަތިވަޅިއަކުން ހަމަލާދިން މީހަކު ހަތް އަހަރަށް ޖަލަށް

Mussss

ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ގެންގުޅުނު މީހާ ބަންދުން ދޫކޮށްލައިފި