ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގެ ކުރީގެ ފިލްމު ޑައިރެކްޓަރު ފައްތާހު ނިޔާވެއްޖެ

Image 20

ރާއްޖޭގެ ކުރީގެ ފިލްމު ޑައިރެކްޓަރު އަބްދުލްފައްތާހު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ފައްތާހު ނިޔާވީ ހާޓްއެޓޭކެއް ޖެހިގެން ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ފަރުވާދެމުން ދަނިކޮށް މިރޭގެ ވަގުތެއްގައެވެ.

ފިލްމީ ދާއިރާގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ފައްތާހު ވަނީ 2018 ވަނަ އަހަރު އެ ދާއިރާއިން ރިޓަޔާކޮށް އަމިއްލަ ރަށް ކެލައަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އެއަށްފަހު އޭނާ ވަނީ ރަށުގައި ވިޔަފާރި ފަށާފައެވެ.

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކެލާ ކައުންސިލްގެ ރައީސް ކަމަށް ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރަން ހަމަޖެހިފައިވާ ކެންޑިޑޭޓަކީ ވެސް ފައްތާހެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު