ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް މިއަދު ހަވީރު ފަށަނީ

މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް މިއަދު ހަވީރު ފަށަން ތައްޔާރުވެއްޖެއެވެ.

އަހަރު ނިމުމާއި އާ އަހަރު ފާހަގަކުރުމުގެ ގޮތުން ސަރުކާރުން ބާއްވާ މި ފެސްޓިވަލް އިންތިޒާމުކުރަނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުންނެވެ. މި ފެސްޓިވަލްގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއެކު، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން، އިތުރު ކުންފުނިތަކާއި އިދާރާތަކުން ބައިވެރިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވީ، މި ފެސްޓިވަލްއަކީ ވަރަށް ގިނަ ކާމިޔާބީތައް ފާހަގަކުރުމަށްޓަކައި ބާއްވާ ފެސްޓިވަލްއެއް ކަމަށެވެ. އަދި، އެކުވެރި މާޙައުލެއްގައި ގިނަ ހަރަކާތްތަކެއް ފެސްޓިވަލްގައި ކުރިއަށްގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ، ހުޅުމާލެ ސެންޓްރަލް ޕާކުގައި ފެސްޓިވަލް ކުރިއަށްދާނީ ޑިސެމްބަރު 30، 31 އަދި ޖަނަވަރީ 1 ވަނަ ދުވަހު ކަމަށެވެ. ފެސްޓިވަލް އޮންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 12 އަށެވެ.

ފެސްޓިވަލުގައި ސަގާފީ އެކި ހަރަކާތްތަކާއި ތަފާތު އެކި ބާވަތުގެ ކެއުންތައް ހިމެނޭނެއެވެ. އަދި، އާއިލާ އެއްކޮަށް މަޖާކޮށްލެވޭނެ ގިނަ ހަރަކާތްތަކެއް ރާވާފައިވާކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ފެސްޓިވަލުގެ އެންމެ ހާއްސަ ކަމަކީ ޑިސެމްބަރު 31 ވަނަ ދުވަހުގެ ރޭ، އާ އަހަރަށް މަރުޙަބާ ކިޔުމަށް ބާއްވާ ހަރަކާތްތަކެވެ. އެގޮތުން އެރޭ ޑްރޯން ޝޯއަކާއި ހަވާ އެރުވުމާއި ބަޑިބޭހުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

“ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް 2025” ގައި ދިވެހިންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް ބައިވެރިވެވޭނެއެވެ. މި ފެސްޓިވަލަކީ ބައިވެރިވުމަށް ޝައުގުވެރިވާ ހުރިހާ އުމުރުފުރައަކާ ގުޅޭ އުފާވެރި ހަރަކާތަކަށް ވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ރ. ވާދޫން ކަނޑުމައްޗަށް ނުކުމެއުޅުނު މީހަކު ގެއްލިގެން ހޯދަނީ

88887

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެއްޖެ

767

ޚަރަދު ކުޑަކުރަން މިފަހަރު އީދު ބޮކި ދިއްލާނީ ހަމައެކަނި ސިޓީތަކުގައި: މިނިސްޓަރު ޚަލީލް

DSC

އެސްޓީއޯއަށް ލިބޭ ފައިދާ ބޭނުންކޮށްގެން ތެލުގެ އަގު ބޮޑުވިޔަނުދީ ހިފަހައްޓަން ނިންމައިފި