ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރޭޕްގެ ދައުވާ ސާބިތުވެ އިޒާމް 15 އަހަރަށް ޖަލަށް

Izaam

ރޭޕްގެ ތުހުމަތު ކުރެވިފައިވާ ގދ. ވާދޫ، ސަބާހާ މަންޒިލް، އިޒާމް ޒާހިރު 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

އުމުރުން 25 އަހަރުގެ އިޒާމްގެ މައްޗަށް ދައުލަތުން އުފުލި ރޭޕްގެ ދައުވާގެ ހުކުމް ނީއްވި މިހާތަނަށް އޮތީ އޭނާ ފިލައިގެން އުޅުމުގެ ސަބަބުންނެވެ.

އޭނާ ހޯދަން ފުލުހުން ކުރި މަސައްކަތުން އަހަރެއް ވީއިރުވެސް ކާމިޔާބެއް ނުވިއެވެ. އެހެންވެ ސޯޝަލް މީޑިއާގައި އޭނާގެ ފޮޓޯ އާންމުކޮށް ހޯދަން ބައެއް ފަރާތްތަކުން އެހީތެރިވިއެވެ.

އެންމެފަހުން އޭނާ ވަނީ އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވެފައެވެ. ހާޒިރުވުމާއެކު އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ އޭނާގެ މައްޗަށް ރޭޕްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ހުކުމް އިއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ނައީމާ މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ ފަވާޒު ޝަރުތުތަކާއެކު ދޫކޮށްލައިފި

Mussss

މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބިދޭސީއަކު އުމުރަށް ޖަލަށް

Mussss

ކަތިވަޅިއަކުން ހަމަލާދިން މީހަކު ހަތް އަހަރަށް ޖަލަށް

Mussss

ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ގެންގުޅުނު މީހާ ބަންދުން ދޫކޮށްލައިފި