ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަކަރާއި ހީލަތުން 50،000 ރުފިޔާ ހޯދި މީހަކު ހައްޔަރުކޮށްފި

55

މަކަރާއި ހީލަތް ހަދައިގެން މީހުންގެ އަތުން 50،000 ރުފިޔާ ހޯދުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެ ތުހުމަތުގައި ހައްޔަރުކުރީ، މއ. ގުލްޝަންކިނާރާ / މާލެ، އަޙްމަދު ޢިރުފާލް (36އ) އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި މީހުންގެ އަތުން ފައިސާ ހޯދާފައިވާ ކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ ނުވަ މައްސަލައެއްގައި އޭނާގެ މައްޗަށް ތުހުމަތުކުރެވިގެން ބުދަ ދުވަހެވެ.

ފުލުހުން ބުނީ، މިހާތަނަށް ބެލި ބެލުމުން މި އަހަރުގެ މޭ މަހުން ފެށިގެން މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި މީހުންގެ އަތުން 50،000 އަށްވުރެ ގިނަ ރުފިޔާ ހޯދައި، އޭނާގެ ނަމުގައި ދެ ބެންކެއްގައި ހުޅުވާފައިވާ އެކައުންޓަށް އެ ފައިސާ ޖަމާކުރުމަށް ފަހު، އެ ފައިސާތައް ނަގާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ތަހުގީގުކުރަމުން އަންނަނީ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police vcle

މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

78

މަކަރާއި ހީލަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

78

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ

Iu

ބުޅަލަކަށް އަނިޔާކޮށް މަރާލި މައްސަލައެއް ތަހުގީގު ކުރަނީ