ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހި ވަތަނީ ޚިދުމަތުގެ ބައިވެރިންގެ ތެރެއިން 344 ދަރިވަރުން ދަސްވެނިވެއްޖެ

55

ދިވެހި ވަތަނީ ހިދުމަތް ނުވަތަ ރާއްޖޭގެ ނެޝަނަލް ސާވިސްގެ ފުރަތަމަ ބުރުގައި ބައިވެރިވި 350 ދަރިވަރުންގެ ތެރެއިން 344 ދަރިވަރުން މިއަދު ދަސްވެނިވެއްޖެއެވެ.

ނެޝަނަލް ސާވިސް ޕްރޮގްރާމުގެ ފުރަތަމަ ބުރުގެ ބައިވެރިންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޅ. މާފިލާފުށީގައި މިއަދު ވަނީ ބާއްވައިފައެވެ. އެ ޕްރޮގްރާމުގެ ތަމްރީނުތައް ކުރިއަށް ގެންދިޔައީ ވެސް މާފިލާފުށީގައެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ފެށި އެ ޕްރޮގްރާމުގައި ރާއްޖޭގެ 108 ރަށަކުން ޖުމްލަ 350 ދަރިވަރުން ބައިވެރިވިއެވެ.

އޭގެ ތެރޭ ހިމެނެނީ 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުންނެވެ.  އެ ކުދިންގެ އެވްރެޖު އުމުރަކީ 18 އަހަރެވެ.

މި ޕްރޮގްރާމުގެ މަގުސަދަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ގައުމިއްޔަތަށް ލޯބިކުރާ އަދި ކަންކަމާ މެދު ޕޮޒިޓިވްކޮށް ވިސްނާ، ޒިންމާދާރު ދިވެހި ރައްޔިތެއް ބިނާކުރުމެވެ.

ޕްރޮގްރާމުގައި ކިޔަވައިދިން މާއްދާތަކުގެ ތެރޭގައި، ދިވެހި ގައުމިއްޔަތު، ޒިންދާރު ރައްޔިތުކަން، ލެންގުއޭޖު ޕްރޮފެޝަންސީ، ލީޑާޝިޕް، އިސްލާމިކް ސްޓަޑީސް، ފިޒިކަލް ޓްރެއިނިން، ވޯޓަމޭންޝިޕް، ޑްރިލް، ފަސްޓްއެއިޑް، ފަޔަ ފައިޓިން، ސެލްފް ޑިފެންސް، ކޭމްޕް އެކްޓިވިޓީސް ހިމެނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ކަނޑައެޅިފައިވާ މިންގަނޑުތައް ހާސިލްކުރި ދަރިވަރުންނަށް ސެޓްފިކެޓް 3 އިން ސިވިކް އެޑިއުކޭޝަން އެންޑް ލީޑަޝިޕް ވަނީ ދީފައެވެ.

އެ ޕްރޮގްރާމުގައި ބައިވެރިވި %96 ކުދިން ވަނީ މި ސެޓްފިކެޓު ލިބޭ ފެންވަރަށް ފާސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

national services

ވަތަނީ ހިދުމަތުގެ ތިންވަނަ ބުރަށް ހުޅުވާލައިފި