ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައު އަހަރާ ދިމާކޮށް ބޭންކުތައް ހަތަރު ދުވަހަށް ބަންދުވާނެ

bml
ބީއެމްއެލް ހެޑް އޮފީސް —

އައު އަހަރާ ދިމާކޮށް ހަތަރު ދުވަހަށް ބޭންކުތައް ބަންދުވާނެކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލު) އިން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ، އައު އަހަރާ ދިމާކޮށް، ޑިސެމްބަރ 31، 2025 ވާ ބުދަ ދުވަހުން ފެށިގެން ޖަނަވަރީ 3، 2026 އާ ހަމައަށް އެމްއެމްއޭ އާއި ބޭންކުތައް ބަންދުވާނެ ކަމަށެވެ. އެހެންނަމަވެސްް މި ހަތަރު ދުވަހުވެސް ބޭންކުގެ ޚިދުމަތްތައް ލިބޭނެކަމަށެވެ. އަދި ބަންދަށްފަހު އެމްއެމްއޭ އާއި ބޭންކުތައް ހުޅުވާނީ ޖަނަވަރީ 4، 2026 ވާ އާދިއްތަ ދުވަހު ކަމަށްވެސް ބޭންކުން ބުންޏެވެ.

ބޭންކުތައް ބަންދު ދުވަސްތަކުގައި އިންޓަނެޓް ބޭންކިންގ، ސެލްފް ސަރވިސް ބޭންކިންގ އަދި އޭޓީއެމް މެދުވެރިކޮށް ހުރިހާ ބޭންކިންގ ޚިދުމަތެއް ލިބޭނެ ކަމަށާއި އަދި ކަސްޓަމަރ ސާވިސްގެ ނަންބަރު 3330200 އާއި ވެބްޗެޓް އަދި ބޭންކުގެ ސޯޝަލް މީޑިއާ މަންސަތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

ބޭންކުގެ އަހަރީ މާލީ ހިސާބުތައް ނިންމުމަށްޓަކައި ކޮންމެ އަހަރެއްގެވެސް ޑިސެންބަރުމަހުގެ ފަހު ހަފްތާގައި ބޭންކުތައް ބަންދުކުރެ އެވެ. ބޭންކުތައް ބަންދުކުރިނަމަވެސް ބީއެމްއެލް އަދި އެމްއައިބީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކޮށްފައި ހުރި ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބޭންކުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 އަށް ތާވަލުކޮށްފި

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

Shareef mbl

ބީއެމްއެލްގެ ނަތީޖާ ދޭހަވަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުކަން: ޝަރީފް

B 202510291210131761721813.7746

ބީއެމްއެލްގެ ސުވައިޕް އައްޑޫއަށް ތައާރަފުކޮށްފި