ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނައިފަރުގައި 10 ހެކްޓަރު ބިން ހިއްކައިފި

ޅ. ނައިފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 10 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް މިމަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.

ނައިފަރު ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅ. އަތޮޅު މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނައިފަރަށް ވަޑައިގެން އޮކްޓޫބަރ މަހުގެ 28 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ރަށަށް 44.8 ހެކްޓަރުގެ ބިން އިތުރު ކުރުމަށެވެ. އެގޮތުން މިހާތަނަށް 10 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ. މި މަސައްކަތުގައި ބޭނުންވާ ހިލައިގެ ފުރަތަމަ ޝިޕްމަންޓު މިހާރު ސައިޓައް ގެންގޮސްފައިވާ ކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި މުޅި މަސައްކަތުގެ 29 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސިއިން ވިދާޅުވެ.

މި މަސައްކަތުގެ ދަށުން ހިއްކި ބިން ޙިމާޔަތް ކުރުމަށް 1813 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮށި އަދި 474 މީޓަރު ބޮޑު ހިލައިގެ ގްރޮއިން ޖަހާނެއެވެ. 679 މިލިއަން ރުފިޔާގެ މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 1 އަހަރާއި 9 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ނައިފަރަކީ، ރާއްޖޭގައި 7 އަރބަން ސެންޓަރު ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅާފައިވާ ރަށްތަކުގެ ތެރެއިން 1 ރަށެވެ. މިއީ، ރާއްޖޭގެ އެކި ސަރަޙައްދުން އެންމެ ފެންވަރު ރަނގަޅު ޚިދުމަތްތައް ލިބޭ ގޮތަށް ތަރައްޤީ ކުރާ ސަރަޙައްދީ ރަށްތަކެކެވެ.

6000 މީހުންގެ އާބާދީއެއް އޮންނަ ނައިފަރު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމުން ރަށު ރައްޔިތުންނަށް ހިއްކި ބިމުން ގޯތި ލިބުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި މިކަމުގެ ސަބަބުން ރަށަށް އިޖުތިމާޢީ ގޮތުންނާއި އަދި އިޤްތިޞާދީ ގޮތުން ކުރިއެރުންތަކެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 26 at 13.32.37

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

Q

ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ބޮޑުތަކުރުފާނު މަގު ފުޅާކޮށް 610 މީޓަރުގެ އެއްގަމު ތޮށި ތަރައްޤީކުރާނީ

Oo

ކާރުތައް ރާއްޖެ ގެންނަން ފަށައިފި، ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ މަހު ފަށަނީ