ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަނގުރާ ކައްކަން ތިބި ބަޔަކު ހައްޔަރުކޮށްފި

55

އާ އަހަރާ ދިމާކޮށް ފުލުހުން ފަށާފައިވާ އޮޕަރޭޝަން ރިވެލީގައި ބަނގުރާ ކައްކަންތިބި ބަޔަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގައި ބަނގުރާ ކައްކައި، ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ތަނެއް ބަލައި ފާސްކޮށް ދެ ބިދޭސީން ހައްޔަރުކޮށްފައިވާކަމަށެވެ.

މިމައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެ މީހެކެވެ. އެއީ އުމުރުން 22 އަހަރުގެ މޮހަންދާސް ރަޖެންދިރަން އާއި 41 އަހަރުގެ ބަލަސުބްރަމަނިޔަން ސެލަމް އެވެ. ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްފައިވަނީ، މިމަހުގެ 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި މާލޭގެ ގެއެއް ބަލައި ފާސްކުރުމުގެ ތެރެއިންނެވެ.

މި ގެ އަކީ އެމީހުން ކުއްޔަށް ނަގައިގެން އުޅުނު ގެއެކެވެ. ފުލުހުން ބުނީ ގެ ބަލައިފާސްކުރިއިރު އެގޭގެ 3 ފަންގިފިލާ އިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއި ބަނގުރާ ފެނިފައިވާކަމަށެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ 2 މީހުން ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފައިވާއިރު، މިމައްސަލަ ތަހްގީގްކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ސިނަމާލެ ބްރިޖް ދަށުގައި ބިދޭސީންތަކެއް ދިރިއުޅޭ މައްސަލައެއް ބަލަނީ

police

ޒާތީ ފޮޓޯ އާއި ވީޑިއޯ ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ އިތުރުވެއްޖެ: ފުލުހުން

78

ހުޅުމާލޭގައި މީހަކު ރަހީނުކުރި މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

Ui

ކުޑަކުދިންނަށް ޖިންސީ ގޯނާކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި